ގއ. މާމެންދޫން އިތުރު ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ގއ މާމެންދޫއިން އިތުރު ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އިތުރު ދެ މީހަކު ޕޮޒިޓިވްވުމުން އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ ތިނަކަށް އަރައިފިއެވެ.

ކޫއްޑޫ މަގުން މިމަހުގެ 13 ވަނަ ދުވަހު މާމެންދޫ އަށް ހޯމް ކަރަންޓީނަށް ދިޔަ އުމުރުން 28 އަހަރުގެ މީހަކު ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާ އާއެކު ދެން ގޭގައި ތިބީ މިއަދު ޕޮޒިޓިވްވި ދެ މީހުން އެކަންޏެވެ.

އެ ފްލައިޓުން 40 މީހުން ދަތުރުކުރި ކަމަށް އެންއީއޯސީ އިން ވަނީ މީގެ ކުރިން ބުނެފައެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 2،150 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. 1،769 މީހަކު ބަލިން ރަނގަޅުވެފައިވާއިރު އަށް މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން 1134 ބަންގްލްދޭޝް މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!