11 އަހަރުގެ ކުއްޖާ ރޭޕްކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި

އުމުރުން 11 އަހަރުގެ އަންހެން ކުއްޖާ ރޭޕްކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޖޫން 12 ވަނަ ދުވަހު ކުއްޖަކު ރޭޕް ކުރި ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި އުމުރުން 28 އަހަރުގެ އަނީސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިންލް ކޯޓުން އަމުރުކޮށްފައި ވާކަމަށެވެ.

އަނީސްގެ ބަންދުގެ މުއްދަތަށް ފުރަތަމަ ޖަހާފައި ވަނީ ހަތް ދުވަހެވެ. 

ފުލުހުން ބުނީ އަނީސް ހައްޔަރުކޮށްފައިވަނީ، މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ހުށަހެޅުނު، އުމުރުން 11 އަހަރުގެ ކުއްޖަކު ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕްކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 12 ވަނަ ދުވަހުގެ 22:13 އެހައިކަންހާއިރު އޭނާ ދިރިއުޅޭ ގޭގައި ހުއްޓައި ކަމަށެވެ.

އެގޮތުން ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕްކޮށްފައިވަނީ ކުއްޖާ ގްރޫމް ކޮށްގެންކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!