ޖާބިރު އެއާޕޯޓްގެ ކޮންސެޕްޓް އެޕްރޫވަލް އަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ އަމިއްލަ ހަރަދުގައި ކ.ކާށިދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓްގެ ކޮންސެޕްޓް އެޕްރޫވަލް އަށް ކާށިދޫ ކައުންސިލަށް ހުށަހަޅުއްވައިފިއެވެ.

ޑީއާރްޕީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފަައިވަނީ ކާޝިދޫގައި އެ ދާއިރާގެ މެމްބަރު ބްދުﷲ ޖާބިރުގެ އަމިއްލަ ހަރަދުގައި އަޅާ އެއާޕޯޓް “ޖާބިރު އެއާރޕޯޓް”ގެ ކޮންސެޕްޓް އެޕްރޫވަލް އަށް ކާށިދޫ ކައުންސިލަށް ހުށަހަޅުއްވައިފިއެވެ.

ކާށިދޫގައި ޖާބިރު އެއާޕޯޓެއް އެޅުއްވުމުގެ މަސައްކަތް ކުރިއަށް ދާއިރު އެމަނިކުފާނު ދާދި ފަހުން ވަނީ އަމިއްލަ ހެލިކޮޕްޓަރެއް ބައްލަވައިގެންފައެވެ.

އަދި އެ ހެލިކޮޕްޓަރު ރާއްޖެ ގެނައުމުގެ ހުއްދަ އަކަށް މިހާރު ވަނީ އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!