އެންސިސް މަސް ފެކްޓްރީގެ މުވައްޒަފަކު ޕޮޒިޓިވްވެއްޖެ

އެންސިސް މަސް ފެކްޓްރީގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަން އެ ކުންފުނީގެ އޮފިޝަލަކުވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، ޕޮޒިޓިވްވެފައި ވަނީ މަސް ފެކްޓްރީގައި ވަގުތީ ގޮތުން ގެންގުޅޭ އަންހެން މުވައްޒަފެއް ކަމަށެވެ. އަދި އޭނާ ޕޮޒިޓިވް ވިކަން އެނގިފައި ވަނީ މިއަދު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފެކްޓްރީ އެއްކޮށް ބަންދު ނުކުރާ ކަމަށާއި، ފެކްޓްރީގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. ކޮވިޑާ ގުޅިގެން ނޫނަސް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކޮންމެ ދުވަހެއްގެ މަސައްކަތް ނިންމުމަށް ފަހު އެ ފެކްޓްރީ އަބަދުވެސް ސާފު ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އަދި މިހާތަނަށް އެއްވެސް މުވައްޒަފަކު އައިސޮލޭޓް ކޮށްފައި ނުވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!