ފޮޓޯ: ތިލަދުން

ނިމަމްވޭޖް އަވަސްކުރުމަށް ގޮވާލާ ދިއްދޫގައި މުޒާހަރާކޮށްފި

މަސައްކަތްތެރިންނަށް ކުރާ އަނިޔާ ހުއްޓާލާ މިނިމަމްވޭޖް އަވަސްކުރުމަށް ގޮވާލާ ހއ. ދިއްދޫގައި މުޒާހަރާކޮށްފި އެވެ.

ދިއްދޫ ފުލެޓް ސަރަހައްދުގައި މިއަދު ކުރިއަށްދިޔަ މުޒާހަރާގައި ދިއްދޫގެ ގިނައަދަދެއްގެ ޒުވާނުންވަނީ ބައިވެރިވެފައެވެ. ރިސޯޓު ތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ޒުވާނުން އުޅެމުންއަންނައިރު ދިއްދޫގެ ގިނަ އަދަދެއްގެ މުވައްޒަފުން ރިސޯޓުތަކުން ކަނޑާލާފައިވާތި ދިއްދޫ ކައުންސިލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދިއްދޫގައި ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ޒުވާނުން އެއްވެ ކުރި މި މުޒާހަރާގައި ގޮވާލާފައިވަނީ މިހާރު މަޖިލީހުގައި ބަހުސް ކުރެވެމުންދާ ވަޒީފާ އާއި ބެހޭ ޤާނޫނަށް ހުށައެޅިފައިވާ އިސްލާހުތަކާއި މެދު ހުރި ކަންބޮޑުވުންތަކަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!