ފެންބޮޑުވެ އޮފީހަށް ގެއްލުންތައް ލިބުނަސް ލިއެކިއުންތައް ސަލާމަތް: އެޗްއާރްސީއެމް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ އޮފީސް ހުންނަ އިމާރާތުގައި އިއްޔެރޭ ފެންބޮޑުވެ، އޮފީހަށް ގެއްލުންތައް ލިބުނަސް ލިއެކިއުންތައް ސަލާމަތް ކުރެވުނު ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެޗްއާރްސީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޔާމީން އިބްރާހީމް ވިދާޅުވީ އޮފީސް އިމާރާތިުގައި ފެންބޮޑުވީ ފާހާނާ ހޮޅިއެއް ފަޅައިގެން ގޮސްގެން ކަަމަށް ބެލެވޭ ކަމަށާއި އެހެން ނަމަވެސް ސީދާ ސަބަބެއް އަދި ސާފުނުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އޮފީހުގައި ފެންބޮޑުވުމުން އެޗްއާރްސީއެމްގެ މުވައްޒަފުން އިއްޔެ ހެނދުނު ނުކުމެ، ހުރިހާ ލިޔެކިއުންތަކެއް ސަލާމަތްކޮށްގެން ރައްކާތެރި ތަނަކަށް ގެންދިޔަ އެވެ.

ބަލަމުން އަންނަ އެއްވެސް މައްސަލައަކަށް ހުރަސް އެޅޭ ފަދަ ކަމެއް ކުރިމަ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ޔާމީން ވިދާޅުވި ގޮތުގައި، އޮފީސް ބުނުންނުކުރެވޭ ގޮތް ވުމުން ވަރަށް ބޮޑު ދަތިކަމެއް ވަނީ ކުރިމަތިވެފަ އެވެ.

އޭނާ ވިދާޅުވީ އެޗްއާރްސީއެމްގެ އޮފީހުގައި ފެންބޮޑުވުމާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުގެ އެއްބާރުލުން އެ ކޮމިޝަނަށް ވަރަށް ބޮޑަށް ލިބުނު ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!