ވިލާ އެއާގެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ކޮވިޑް-19 އާ ގުޅިގެން ގެއްލުން ލިބެމުން އަންނަ ކަމަށް ބުނެ ވިލާ އެއާގެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެނގިފައިވާގޮތުގައި މިހާރު ވިލާއެއާއިން ހިންގަމުންދާ ފްލައިމީގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި ބައެއް މުވައްޒަފުން މިހާރު ވަނީ ނޯ ޕޭއަށް ފޮނުވާލާފައެވ

ވިލާއެއާގެ މުވައްޒަފަކާއި ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހެއްގައި ބުނފައިވަނީ އެފަދަ ނިންމުމެއް ނިންމިކަން ހާމަކޮށްފައި ވަނީ މީގެ އެއްދުވަސް ކުރިން ބޭއްވި ސްޓާފް މީޓިންއެއްގައި ކަމަށެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ މީޓިންގައި ވިލާ އެއާގެ ކެބިން ކްރޫއިންނައި ޕައިލެޓުންނާއި ވަނީ ވާހަކަދައްކާފައެވެ.

ވިލާ އެއާގެ ގިނަ މުވައްޒަފުންތަކެއް ވަކިކޮށްފައިވާއިރު އޭގެ ތެރޭގައި މެދު ނުކެނޑި ވިލާ އެއާގައި 5-6 އަހަރު މަސައްކަތް ކުރި މުވައްޒަފުންވެސް ހިމެނެއެވެ.

މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ ވިލާ އެއާގެ މުވައްޒަފުން ވަކި ކުރަން ފަށާފައި ވާއިރު، އޭނާގެ ރިސޯޓްތަކާއި އޭނާ ހިންގާ ވިލާޓީވީގެ މުވައްޒަފުންނަށް ވެސް ކަންތައް ކޮށްފައި ވަނީ މިގޮތަށެވެ. ގިނަ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ލިބެނީ 1000- 2000 ރުފިޔާގެ ދެމެދުގެ އަދަދެކެވެ.

މިކާމާ ގުޅޭގޮތުން އަދި ވާލާގެ ބަހެއް ނުލިބެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!