މާލޭގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ހެންވޭރުގެ ބައެއް ސަރަހައްދުން ކަރަންޓު ކަނޑާލަނީ

މާލޭގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ މާލޭގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ހެންވޭރުގެ ސަރަހައްދަކުން މިއަދު މެންދުރު 2:00ން ހަވީރު 5:00އާ ދެމެދު ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މި ގަޑިތައް މިގޮތަށް ބަޔާންކޮށްފައި ވީނަމަވެސް، އެ މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!