އެމް.އެމް.އާރް. ވެކްސިން އަކީ ކޮވިޑް19 އަށް އޮތް ހައްލެއް؟

ދިރާސާއަކުން ދައްކާ ގޮތުގައި އެމް.އެމް.އާރް. (މީސަލް ، މަމްޕްސް، ރުބެލާ) ވެކްސިންއިން ކޮވިޑް 19ގެ އަލާމާތްތަކަށް ފަރުވާ ލިބެއެވެ. އެމް ބައޯގައި ޝާއިޢުކުރި މިދިރާސާގައި ކޮވިޑްގެ އަލާމާތް ހުންނަ މީހަކު މިވެކްސިން ބޭނުން ކުރިޔަސް އެއްވެސް ކަހަލަ ސައިޑް އިފެކްޓެއް ނުފެނެއެވެ. އަދި މިއީ ފޮރޮންޓްލައިންގައި މަސައްކަތް ކުރާ ބޭފުޅުން ބޭނުން ކުރުން ވަރަށް ރަނގަޅު ވެކްސިން އެއް ކަމަށް މި ދިރާސާ ކުރި ފަރާތްތަކުން ހާމަ ކުރެއެވެ.

މިވެކްސިންގެ ރަނގަޅު ކްލިނިކަލް ޓްރައިލްއެއް ބޭއްވިއްޖެނަމަ ގެއްލުންމަދު ފަރުވާއެއް ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށް މި ދިރާސާއިން ދައްކައެވެ. އަދި މިހާރު ބައެއް ކްލިނިކަލް ޓްރައިލްތައް ފަށައިގެން އުޅޭކަމަށް ދިރާސާގެ އިސްކޮށް އުޅޭ ބޭފުޅެއް ކަމަށްވާ ފިޑެކްލްވަނީ ބުނެފައެވެ.

މިކަން ރިސާރް ކުރާ ފަރާތްތަކުން ބުނާގޮތުގައި އެމް.އެމް.އާރް ވެކްސިންއިން އުފައްދާ “މައިލޮއިޑް-ޑިރައިވްޑް ސަޕްރެސާސެލްގެ” (އެމްޑީ ސީ) ސަބަބުން ފުއްޕާމޭ ބެދުން ކަހަލަ ކޮވިޑްގެ އަލާމާތްތަކުން ރައްކާތެެިކޮށްދެއެވެ. މީގެ އިތުރުން އެމްއެމްއާރް ވެކްސިން ބޭނުންކުރި މީހުން ކޮވިޑް19 ޖެހުމުގެ ފުރުސަތު ކުޑައެެވެ. ނަތީޖާއެއްގެ ގޮތުން މިބަލިޖެހިގެން މަރުވާމީހުންގެ އަދަދުވެސް މަދުވިއެވެ.

މި ދިރާސާއިންވަނީ މިހާރު ފްރޮންޓްލައިންގައި މަސައްކަތް ކުރާ ބޭފުޅުން މިވެކްސިން ބޭނުންކުރުމަށް ނަސޭހަތްތެރިވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!