ފޮޓޯ: ރާއްޖެ އެމްވީ

އިސްލާމިކް މިނިސްޓްރީއަށް ދައްކަން ޖެހޭ 6 މިލިއަން ރުފިޔާ އައިލެންޑް އޭވިއޭޝަނުން ދައްކައިފި

ދާރުލް އީމާން އިމާރާތުގެ 6 ފަންގިފިލާ ފަސް އަހަރު ދުވަހަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް ކުއްޔަށް ދިނުމަށް 16 ނޮވެމްބަރ 2016 ވެވުނު އެއްބަސްވުމާއި ހިލާފަށް, އަހަރުތަކަށް ފައިސާ ނުދައްކާ އޮތުމަށް ފަހު ބާކީ 6 މިލިއަން ރުފިޔާ ދައްކައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ 2018 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައިވާގޮތުން، ދާރުލް އީމާން އިމާރާތުގެ 6 ފަންގިފިލާ ފަސް އަހަރު ދުވަހަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް ކުއްޔަށް ދިނުމަށް 16 ނޮވެމްބަރ 2016 ވަނަ ދުވަހު އެ މިނިސްޓްރީއާއި އެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގައި ކުލީގެ ގޮތުގައި ޖުމުލަ 8,000,000 (އަށް މިލިއަން) ރުފިޔާ ދައްކަން ޖެހެއެވެ.

އެ ފައިސާގެ ތެރެއިން 2,000,000 (ދެ މިލިއަން) ރުފިޔާ 3 އޭޕްރީލް 2018 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީއަށް ދައްކާފައިވާކަމަށް 23 ފެބްރުއަރީގައި އޮޑިޓަރ ޖެނެރަލް އާންމުކުރެއްވި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ 2018 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުން އެނގެއެވެ.

2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނުން މިނިސްޓްރީއަށް ލިބެންޖެހޭ ފައިސާގެ ބާކީ ހޯދުމަށް ދެ ފަރާތުން މަޝްވަރާކޮށް ސެޕްޓެމްބަރ 2019 އިން ފެށިގެން ހަ މަސްދުވަހަށް ބަހާލައިގެން ކޮންމެ މަހަކު 1,000,000 (އެއް މިލިއަން ރުފިޔާ) މިނިސްޓްރީއަށް ދެއްކުމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!