އެންޖެލީނާ ޖޯލިން ބްރެޑްޕިޓް ކައިރިން ވަރިވި ސަބަބު ހާމަކޮށްފި

ދާދި ފަހުން އެންޖެލީނާ ޖޯލީ ވޮގް އަށް ދިން އިންޓަވިއުއެއްގައި ވަނީ ބްރެޑް ޕިޓް ގާތުން ވަރިވާން އެދުނު ސަބަބު ހާމަކޮށްފައެވެ. 45 އަހަރުގެ އެންޖެލީނާ ބުނި ގޮތުގައި އޭނާ ވަރިވާން ނިންމީ އޭނާގެ ދަރިންނަށްޓަކައެވެ.

އަދި މީޑިއާ އިން ކިތަންމެ ގިނަ ގޮދު ހަބަރުތަކެއް ފެތުރިނަމަވެސް އޭނާ ކަންތައް ކުރީ އެންމެ ރަނގަޅަށް ކަމުގައި އޭނާ ގަބޫލުކުރާ ކަމުގައި ވެސް އޭނާ ބުނފައިވެއެވެ.

ފިލްމެއްގެ ޝޫޓިންއެއްގެ ތެރެއިން 2004 އަހަރު ދިމާވި އެންޖެލީނާ އާ ބްރެޑް ޕިޓް އެކުގައި ދިހަ އަހަރު ހޭދަކުރުމަށްފަހު ކައިވެނި ކުރީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. ބްރެޑް ޕިޓް ގާތުން ވަރިވާން އެންޖެލީނާ ޖޮލީ ކޯޓަށް ގޮސްފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރުގެ ތެރޭގައެވެ.

ވަރިވާން ޖެހުނު ސީދާ ސަބަބު މީގެ ކުރިން އެންޖެލީނާ ހާމަނުކުރިނަމަވެސް ޕިޓް ކައިރިން ވަރިވާން ، އެންޖެލީނާ ބޭނުންވި މައިގަނޑު ސަބަބަކީ ދަރިއަކަށް އަނިޔާ ކުރުމާއި ސިއްރު ގުޅުންތަކެއް ހިންގާކަން ފަޅާ އެރުން ކަމުގައި އަޑުފެތުރެނެވެ.

މި މައްސަލަގަނޑުގެ ތެރެއިން ކޯޓުން ވަނީ، ދެ މީހުންގެ ހަ ދަރިން ތިބޭނީ ޖޮލީ ގާތުގައި ކަމަށް ނިންމައިފަ އެވެ.

އެންޖެލީނާ ހަ ދަރިން ތިބޭއިރު އޭގެ ތެރެއިން 3 ކުދިންނަކީ އޭނާ އެޑޮޕްޓު ކޮށްފައިވާ ތިން ކުދިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!