ނުރައްކާ ނެތްކަމަށް ޔޫއޭއީ އިން ނިންމި ގައުމުތަކުގެ ތެރޭގައި ރާއްޖެ

ރާއްޖެއަކީ ޔޫއޭއީގެ ރައްޔިތުން ދަތުރު ކުރުމަށް “ލޯ ރިސްކް” ގައުމެއް ކަމަށް އެ ގައުމުން ކަނޑައަޅައިފިއެވެ.

ޖޫން މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19 ގެ ސަބަބުން އެ ގައުމުގެ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ މީހުން ދަތުރު ކުރުން މަނާކޮށްފައި އޮތް އޮތުމަށް ލުއިދީ، ގައުމުން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

މިގޮތުން ޔޫއޭއީން ވަނީ ދުނިޔޭގެ ގައުމުތައް ތިން ކެޓަގަރީ އަކަށް ބަހާފައެވެ. އެއީ، “ހައި ރިސްކް” ގައުމުތަކާއި، “މޮޑަރޭޓް ރިސްކް” ގައުމުތަކާއި، “ލޯ ރިސްކް” ގައުމުތަކެވެ.

ޔޫއޭއީގެ ރައްޔިތުންނަށް ދަތުރު ކުރުމަށް ހުއްދަދޭ “ލޯ ރިސްކް” ކެޓަގަރީގައި 41 ގައުމު ހިމެނޭއިރު ސާކު ސަރަހައްދުގެ ގައުމަކަށް އެ ލިސްޓުގައި ހިމަނާފައި އޮތް ހަމައެކަނި ގައުމަކީ ދިވެހި ރާއްޖެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!