ޖޯޖް ފްލޮއިޑް މަރާލި މައްސަލައިގައި ހައްޔަރު ފުލުހަކު ދޫކޮށްލައިފި

ކަރަށް ފައިން އަރާ ކަޅު ނަސްލުގެ މީހެއްކަމުގައިވާ ޖޯޖް ފްލޮއިޑް މަރާލި މައްސަލައިގައި ހައްޔަރު ފުލުހަކު ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

ސްޓާޓްރިބިއުން ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި އުމުރުން 26 އަހަރުގެ ޖ.އެލެކްސެންޑްރާ ކުއެން ދޫކޮށްލާފައިވަނީ ހުކުރު ދުވަހުގެ ރޭއެވެ.

އަދި އޭނާ މިނިވަން ކުރުމަށް 750،000 އެމެރިކާ ޑޮލަރު ދައްކާފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުުނެފައިވެއެވެ.

ކުއެން އަކީ ފްލޮއިޑުގެ މަރުގައި ބައިވެރިވެ، މިހާރު ފުލުހުންގެ ވަޒީފާއިން ވަކި ކޮށްފައިވާ މީހެކެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ސެކަންޑް ޑިގްރީ މާޑާ އަކަށް އެހީތެރިވުމާއި ސެކަންޑް ޑިގްރީކޮށް މީހަކަށް އަނިޔާކުރުމުގެ ދައުވާއެވެ.

މަކަރާ ޙީލަތް ހެދުމުގެ ތުހުމަތުގައި ޖޯޖް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ދޮން ނަސްލުގެ ފުލުހެއް ކަމަށްވާ ޑެރެކް ޗޯވިން ވަނީ ޖޯޖްގެ ކަރަށް އަރައިގެން 8 މިނިޓް ވަންދެން ހުރެފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!