ނައިބް ރައީސް މާވެޔޮ މިސްކިތަށް ޒިޔާރަތްކުރައްވައިފި

ނައިބް ރައީސް ފައިސަލް ނަސީމް މާފަންނު މާވެޔޮ މިސްކިތަށް ޒިޔާރަތްކުރައްވައިފިއެވެ.

އެމަަނިކުފާނު މާވެޔޮ މިސްކިތަށް ޒިޔާރަތް ކުރަށްވައި އެ މިސްކިތް ބައްލަވައި ލެއްވީ އިރުއަރިހުގައި އެމިސްކިތް އަމިއްލަ ޚަރަދުގައި އިމާރާތްކޮށް ދެއްވި މުހައްމަދު އަލީ ޖަނާހުވެސް ބައިވެރިވެ ލެއްވިއެވެ.

ކުރިން ދެ ބުރިއަށް އަޅާފައި ހުރި މާވެޔޮ މިސްކިތް ތަޅާލައި އެތަން ފަސް ބުރިއަށް ތަރައްގީ ކުރަން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުއެވެ. އެތަން ތަރައްގީކުރަން ނިންމީ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަހާނުގެ ބައިވެރިވުމާއެކު، ދައުލަތުން 17 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށެވެ. އެއީ މިސްކިތުގެ ފަސް ބުރީގެ ތެރެއިން ތިން ބުރިއަށް ވާ ހަރަދެވެ.

މީގެ ކުރިން 400 އެއްހާ މީހުންގެ ޖާގައިގެ މިސްކިތުގައި މިހާރު އެއް ފަހަރާ 1،800 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. އަދި އަންހެނުންނަށް ހާއްސަ ނަމާދު ކުރާނެ ބަޔަކާއި ފާހާނާ ހަދާފައިވެ އެވެ. މުޅި މިސްކިތުގައި ސީސީ ޓީވީ ހަރުކޮށްފައިވާއިރު، މިސްކިތުގައި ހަތަރު ގުއްބު ހުރެ އެވެ.  މިސްކިތުގެ އިންޓީރިއާ ހަދާފައިވަނީ މާބަލް ޖަހައި، އަދި ކާޕެޓުވެސް އަޅައިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!