ނޫސްކިޔާއިރު ކިޔަން ދަތިވާވަރަށް އަކުރުތައް އެއްވެފައި ހުރޭތަ؟ ހައްލަކީ މިއީ!

ރާއްޖޭގެ ގިނަ ނޫސްތައް ހުޅުވާލާއިރު ފެންނަނީ ސުރުހީތަކުގައި ހުންނަ އަކުރުތައް އެއްވެފައި ހުންނަ މަންޒަރެވެ. ޚަބަރު ހުޅުވާލާއިރު ހުންނަނީ ކިޔަން ދަތިވާވަރަށް އަކުރުތައް އެކުވެ މަސްހުނިވެފައެވެ. އިރު އޮންލައިން ކިޔާ ފަރާތްތަކަށް މި މައްސަލަ މިހާތަނަށް ކުރިމަތިވެފައި ނުވިއަސް ފަހުން ވާނޭ ގޮތެއް ނޭނގެއެވެ.

ރާއްޖޭގެ ގިނަ ބަޔަކު ކްރޮމް ބްރޯޒަރ ބޭނުން ކުރާއިރު މިއީ ދިވެހި ފޮންޓްތައް ކްރޮމް ބްރޯޒާރގައި މި ފަހަކަށް އައިސް ފެންނަށް ހުންނަ ގޮތެވެ. ގޫގުލްގެ ސަމާލުކަމަށް މިކަން އައިސްފައި ވީނަމަވެސް މިކަމަށް އަދި ހައްލެއް ލިބިފައެއް ނުވެއެވެ.

ކްރޮމް ބްރޯޒަރ ނޫން އެހެން ބްރޯޒަރއެއް ބޭނުންކުރަން ފެށުމުން އަކުރުތައް ރަނގަޅަށް ފެންނާނެއެވެ. މިހެން މިކަން އޮތް ކަމުގައި ވިއަސް އާންމުކޮށް ބޭނުންކުރާ ބްރޯޒަރއެއް ބަދަލު ކުރުމަކީ ގިނަ މީހުންނަށް އެހާ ފަސޭހަ ކަމެއް ކަމަކަށް ނުވެއެވެ. އަދި ކޮންމެ ކޮންމެ ބްރޯޒަރ އަކީ ކްރޮމް ހާ ބޭނުންކޮށްލަން ފަސޭހަ ބްރޯޒަރއެއްވެސް ނޫނެވެ.

އިރު އޮންލައިން އިން ދާދިފަހުން ނެރުނު އިރު އޮންލައިން އެޕްއަކީ ކިޔުންތެރިންނަށް ދިމާވާ މިފަދަ މައްސަލަތަކަށް ހައްލު ލިބޭނޭހެން، ކިޔުންތެރިން ބޭނުންވާ ހުރިހާ ފަސޭހަތަކެއް ހިމަނައިގެން ތައްޔާރު ކުރެވިފައިވާ އެޕެކެވެ.

އަކުރުތައް ސާފުކޮށް ފެންނަށް ހުރުމުގެ އިތުރުން މި އެޕް އަކީ މިހާތަނަށް ރާއްޖޭގައި ނެރުނު މިފަދަ އެންމެ އަވަސް އެޕްލިކޭޝަން އެވެ. އިންޓަރނެޓް ކިތަންމެ ލަސްވިއަސް ކިޔުންތެރިންނަށް އަވަހަށް ފަސޭހައިން ޚަބަރުތައް ކިޔާލެވޭނޭ ގޮތް ހެދުމަކީ މިނޫހުގެ އަމާޒެވެ.

މީގެ އިތުރުން މި އެޕް ތައްޔާރު ކުރެވިފައި ވަނީ ތިބޭފުޅުންގެ ޑާޓާ ޕެކޭޖަށް ލުއިވާނޭހެންނެވެ.

އިރު އޮންލައިން އަކީ ރާއްޖޭގެ ޚަބަރުތައް އެންމެ އަވަހަށް ގެނެސްދޭ އެއް ނޫސްކަމަށް ވާއިރު، ބްރޭކިންގ ނިވްސް ލައިވްކޮށް ގެނެސް ދިނުމަށާއި، އަދި މުހިންމު ލައިވް އިވެންޓްތައް ވަގުތުން ކަވަރުކުރުމަށް މި އެޕް ގައި ހާއްސަ ބައެއްވެސް ހިމަނާފައިވާނެއެވެ.

މި އެޕްލިކޭޝަނަށް ކުޑަ ދުވަސްކޮޅެއް ތެރޭ ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، އެޕް އިންސްޓޯލް ކޮށްގެން 55 އިންޗީގެ ސްމާރޓް ޓީވީއެއް ހޯދުމުގެ ފުރުސަތުވެސް ނޫހުން ވަނީ ކިޔުންތެރިންނަށް ހުޅުވާލާފައެވެ.

ކޮންމެއަކަސް ގޫގުލް ކްރޮމް އިން މިކަމަށް ހައްލެއް ގެންނާނޭ ދުވަހެއް އަދި ނޭނގެއެވެ. ނަމަވެސް އިރު އޮންލައިނުން ކިޔުންތެރިންގެ ޚިޔާލާއި އެއްގޮތަށް ބޭނުންވާ ފަސޭހަތައް ގެނެސްދިނުމަށް އުފައްދާފައިވާ އެޕް އަކީ މިކަމަށް އޮތް ފުރިހަމަ ހައްލެކެވެ.

އިރު އޮންލައިން އެޕް ސްޓޯރުންނާއި، ޕްލޭ ސްޓޯރުން ޑައުންލޯޑް ކޮށްލެވޭނެ!

 1. ނޯޓިފިކޭޝަންނަށް ބަދަލުގެނެވޭހެން މިހާރު ވަނީ އެޕް އަޕްޑޭޓް ކޮށްފައި. ކިޔުންތެރިން އެދޭ އިތުރު ބަދަލުތައްވެސް އެޕް އަށް ކުރިއަށް އޮތްތާގައި ގެނެވޭނެ. ޝުކުރިއްޔާ – އިރު އޮންލައިން.

  3
  0
 2. އިރު އޮންލައިން އެޕުން އެހެން ނޫސްތައްވެސް ކިޔާލެވޭ ގޮތަށް ހަދާލަބަލަ. އެޕް ވަރަށް ސަޅި. އަދި ވަރަށް ފާސްޓް. ގިނަ ނޫސް ތައް ކިޔާލެވޭނަމަ އަދި ވަރަށް ސަޅި ވާނެ

  3
  0
  1. ޝުކުރިއްޔާ! އިރު އޮންލައިން އެޕުން ތާޒާ ކަމާއި އެކު ހުރިހާ އިރެއްގައިވެސް ރާއްޖޭގެ ކަންކޮޅުތަކުން ޚަބަރު ގެނެސްދޭނެ! އިތުރު އެއްވެސް ނޫހެއް ބަލަން ކޮންމެހެން ނުޖެހޭ ވަރަށް އަޅުގަނޑުމެންގެ ޚަބަރުތައް ގިނަވެފައި ތަފާތުވާނެ!. އެޕް ބޭނުން ކުރައްވަމުން ގެންދަވާތީ ވަރަށް ބޮޑަށް ޝުކުރިއްޔާ!

   2
   0
 3. އެޕްލިކޭޝަން ވަރަށް ފަސޭހަ. ޚަބަރުތައް ބަރާބަރަށް އަޕްޑޭޓް ވާތީ ނޯޓިފިކޭޝަން އަންނަލެއް ބައެއް ފަހަރު ތަންކޮޅެއް ގިނަ. ނޯޓިފިކޭޝަން ޑިސޭބަލް ކުރެވޭ ފީޗާއެއް ލުން ވަރަށް މުހިންމު.

  15
  0
  1. ދެން އަންނަ އަޕްޑޭޓެއްގައި އިރާދަ ކުރެއްވިއްޔާ ނޯޓިފިކޭޝަން ޑިސޭބަލް ކުރެވޭ ގޮތް ހުންނާނެ

   7
   0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!