މާސްކު އެޅުމަށް ދެކޮޅު ހެދި އެކްޓިވިސްޓެއް ފްލައިޓުން ބާލައިފި

ފްލައިޓްގައި މާސްކް އެޅުމަށް ދެކޮޅު ހެދުމުން އެކްޓިވިސްޓެއް ފްލައިޓަކުން ބާލައިފިއެވެ. އަދި އޭނާ ވަނީ އެމެރިކަން އެއަރލައިންސްއިން ދަތުރު ކުރުން މަނާކޮށްފައެވެ. މި އެއަރލައިންގެ ޕޮލިސީ އޮންނަ ގޮތުން ކޮންމެ ފްލައިޓެއްގައި ވެސް މިހާރު މާސްކް އަޅަންޖެހެއެވެ.

ސްޓްރަކާ ކިޔާ މި މީހާއަށް އެ އަރލައިން އިން ދެން ދަތުރު ކުރެވޭނީ ފޭސް މާސްކާއި ނުލައި ދަތުރު ކުރަން ފަށާހިސާބުން ކަމަށް އެއަރލައިން އިން މައުލޫމާތު ދެއެވެ. ފްލައިޓްގައި މާސްކް އެޅުމަކީ ގާނޫނީ އެންގުމެއް ނޫނެވެ. އެއީ އެއަރލައިންސް ތަކުގެ އަމިއްލަ ޕޮލިސީއެކެވެ.

އެއަރލައިން އިން މައުލޫމާތު ދިން ފަރާތުން ހާމަކުރި ގޮތުގައި މާސްކް އެޅުމަށް ފްލައިޓްގައި ތިބި ފަރާތްތަކަށް އެންގުމުން އޭނާ އެގޮތަށް އަމަލު ކުރަން ދެކޮޅު ހެދިއެވެ. މި ގޮތުން މާސްކް އެޅުމަށް ދެކޮޅު ހެދުމުން ފްލައިޓްއިން ފޭބުމަށް އޭނާއަށް އެންގުމުން އެގޮތަށް އޭނާ އަމަލު ކޮށްފައިވާކަމަށް އެއަރލައިން އިން ހާމަ ކުރެއެވެ. މިހާދިސާ އާއި ގުޅިގެން ފްލައިޓް ފުރީ ފުރަން އޮތް ގަޑިއަށް ވުރެ 4 މިނިޓް ލަހުންނެވެ.

ސްޓްރަކާ ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި މީނާ އަކީ މާސްކް އެޅުމާއި ދެކޮޅު މީހެކެވެ. ނަމަވެސް އޭނާގެ ވްބްސައިޓްގައި ޓީޝާޓާއި މާސްކް ވިއްކާ މީހެކެވެ. ނަމަވެސް ފްލައިޓްގައި މާސްކް އެޅުމަށް އެންގުމުން އޭނާ ވަނީ އޭނާއަކީ ސިއްޚީ ގޮތުން މަސްކް އެޅުމަށް އުޒުރުވެރިވާ ފަރާތެއްކަމަށް ފްލައިޓް އެޓެންޑެންޓް ކައިރީ ބުނެފައެވެ. އެއަރލައިން އިން ވަނީ އެކަން ސާބިތުވާފަދަ އެއްވެސް ޑޮކިއުމެންޓެއް އޮތްތޯ ސުވާލު ކޮށްފައިކަން މި ހާދިސާގައި ރިކޯޑް ކުރެވިފައިވާ އޯޑިޔޯއަކުން އެނގެއެވެ.

ސްޓްރަކާ އިތުރަށް މައުލޫމާތު ދެމުން ފާހަގަ ކޮށްފައިވަނީ އޭނާ އަކީ އަލަށް ދަތުރުކުރާ މީހެއް ނޫންކަމަށާއި, މި އެއަރލައިންސް ހިމެނޭހެން އެއްވެސް އެއަރލައިން އަކުން, މީގެ ކުރިން މި މައްސަލައެއް ކުރިމަތިވެފައި ނުވާކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!