ރާމާމަކުނެއް އުމުރުދުވަހަށް ޖަލަށް ލައިފި

ދުވަހަކުވެސް މަކުނެއް އުމުރު ދުވަހަށް ޖަލަށް ލީ ވާހަކަ އަޑުއެހިން ހެއްޔެވެ? ނަމަވެސް ދާދި ފަހުން ރާމާމަކުނެއް އުމުރު ދުވަހަށް ގޮޅިއަށް ލުމުން ވަނީ ހުކުން ކޮށްފައެވެ.

އިންޑިޔާގެ ކަންޕޫރު ޒުލުގައި ގޮޅިއަކަށް ކަލުއާ ނަމަކަށް ކިޔާ ރާމާމަކުނެއް އުމުރަށް ލާފައިވަނީ 250 އަށް ވުރެ ގިނަ މީހުން ގައިގާ ދަތް އަޅާ އަނިޔާކޮށް, ދަތް އެޅުމުގައި އެކަކު ވިހަވެ މަރުވުމާއި ގުޅިގެންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކައުލާ ގެންގުޅެފައިވަނީ ސިހުރުވެރިއެކެވެ. އެ ސިހުރުވެރިޔާ ވަނީ އާންމު ކޮންމެ ދުވަހަކު މަކުނަށް ރާ ބޯންދީފައެވެ. ރާމާމަކުނު ވަނީ ފަހުން ރަލަށް ދެވި ހިފާފައެވެ. އަދި އެއާއި ނުލާ ނޫޅެވޭ ވަރުވެފައެވެ.

ސިހުރުވެރިޔާ މަރުވުމުން ކައުލާ އަށް ރާ ލިބުން ދަތިވެ, ރުޅި ގަދަވެ, މީހުންނަށް އަނިޔާކުރަން ފެށިއެވެ. މިކަން ބޮޑުވެގެން މި ރާމާމަކުނު ހައްޔަރު ކުރުމަށް އަމުރު ކުރިއެވެ. ރާމާމަކުނު ހައްޔަރުކުރެވުނީ ވަރަށް ބުރަ މަސައްކަތުންނެވެ.

ރާމާ މަކުނު ވަކިން ގޮޅިއެއްގައި އިންނަތާ މިހާރު 3 އަހަރު ވެފައިވީނަމަވެސް އޭނާގެ އުޅުމަށް ބަދަލެއް ނާންނަ ކަމަށް ޒުލުގެ ޑޮކްޓަރު މައުލޫމާތު ދެއެވެ. އެހެން ކަމުން މިހާރު އުމުރު ދުވަހަށް ގޮޅިއެއްގައި މަކުނު ބޭންދުމަށް ވަނީ ނިންމާފައި ކަމުގައި ޑޮކްޓަރު ވަނީ މައުލޫމާތު ދީފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!