އެޗްއާރުސީއެމް ހިންގާ އިމާރާތުގެ ތިން ފަންގިފިލާގައި ފެން ބޮޑުވެ ބޮޑެތި ގެއްލުންތަކެއް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ހިންގަމުން ދާ އިމާރާތުގެ ހޮޅިއެއް ފަޅައިގެންގޮސް އިމާރާތުގެ ތިން ފަންގިފިލާގައި ފެން ބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އެޗްއާރުސީއެމް އިން ވިދާޅުވީ، އެކޮމިޝަންގެ މައި އިދާރާ ހިންގަމުންދާ އިމާރާތުގެ ތިން ފަންގިފިލާގައި ފެންބޮޑުވުމުގެ ސަބަބުން މި ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތައް ކުރުމަށްވަނީ ދަތިތަކާކުރިމަތިލާންޖެހިފައިވާކަމަށެވެ.

އެހެންނަމަވެސް، ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ދެމިތިބޭނެކަމަށާއި، ދިމާވެފައިވާ ޙާލަތުން އަރައިގަތުމަށް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރަމުން އަންނަނަކަމަށްވެސް އެޗްއާރުސީއެމް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!