ރާއްޖެ އިން އިތުރު 10 މީހަކު ރަނގަޅު ވެއްޖެ

ރާއްޖެއިން އިތުރު 10 މީހަކު ކޮވިޑް-19 އިން ރަނގަޅުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު 10 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެހެންކަމުން މި 10 މީހުންނާއެކު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1769 އަށް އަރާފައެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 13 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި 13 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 2150 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 371 މީހަކަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!