ރާއްޖެއިން 13 މީހަކު ޕޮސިޓިވްވެ، ޖުމްލަ އަދަދު 2150 އަށް

ކޮވިޑް-19 އަށް މިއަދު އިތުރު 13 މީހަކު ޕޮސިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ހާމަ ކުރި ގޮތުގައި މިއަދު ޕޮސިޓިވް ވި 13 މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި ބަންގްލަދޭޝްގެ 10 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް 2150 މީހުން ޕޮޒިޓިވްވެފައިވާއިރު، ފާއިތުވެދިޔަ 19 ދުވަހުގެ ތެރޭގައި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 377 މީހުންނެވެ. މިމަހުގެ މިހާތަނަށް ކޮންމެ ދުވަހަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ އެއްމިންގަޑެއްގައި ހިފެހެއްޓިފައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!