އިންޑިއާ ޗައިނާ ހަމަނުޖެހުން: މަރުވި އިންޑިއާ ސިފައިންނަށް ރާއްޖޭން ތައުޒިޔާ ފޮނުވައިފި

ހޯމަ ދުވަހުގެ ރޭ ހިނގި ކުރިމަތިލުންތަކުގައި އިންޑިއާގެ 20 ސިފައިން ޗައިނާގެ ހަމަލާތަކުގައި މަރުވެފައިވާތީ ދިވެހި ސަރުކާރުން ތައުޒިޔާ ފޮނުވައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި މަރުވި އިންޑިއާގެ ރައްޔިތުންގެ އާއިލާތަކަށާއި ލޯބިވާ ފަރާތްތަކަށް ތައުޒިޔާ ފޮނުވާ ކަމަށެވެ.

އިންޑިއާ-ޗައިނާ ދެ ގައުމުގެ ސިފައިންގެ މެދުގައި ބަދަލުކުރެވުނު ހަމަލާތަކުގައި އިންޑިއާގެ 20 މީހަކު މަރުވެފައިވާއިރު 18 ސިފައިނަކަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައެވެ.

އިންޑިއާގެ ސިފައިންތަކެއް ޗައިނާއިން ހައްޔަރުކޮށްފައިވާ ކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ އިރު، އިއްޔެ އިންޑިއާގެ ސިފައިންތައް ޗައިނާ އިން ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިންޑިއާ ސިފައިންތައް ޗައިނާ އިން ދޫކޮށްލީ ދެގައުމުގެ އަސްކަރިއްޔާގެ ވެރިން އިއްޔެ ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!