މުދައްރިސުންނަށް ނަފްސާނީ ފުރަތަމަ އެހީގެ ތަމްރީން ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެއްވާ ހުރިހާ މުދައްރިސުންނަށް ނަފްސާނީ ފުރަތަމަ އެހީގެ ތަމްރީން ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ދިވެހި ރެޑްކްރެސެންޓް ގުޅިގެން ފެށި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެގޮތުން މިހާތަނަށް 407 މުދައްރިސުންނަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީން ދީފައިވާކަމަށާއި އަދި މި ޕްރޮގްރާމްގެ ދަށުން 11 ހާހަށް ވުރެ ގިނަ މުދައްރިސުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މި ޕްރޮގްރާމަކީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އެކިގޮތްގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށް ދިމާވާ ނަފްސާނީ އުނދަގޫތަކަށް ވީހާވެސް އަވަހަށް އަދި ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!