2010 ވަނަ އަހަރު ރާއްޖެއަށް އަނގޮޓި ކޭތައެއް ވަރަށް ރީތިކޮށް ފެނުނު: ރައީސް މައުމޫން

އިރުކޭތަ ހިފަނީ ދުނިޔޭގެ ވަށައިގެން ހަނދު ބުރުޖަހަމުންދާއިރު އިރާ ދުނިޔެއާއި ދެމެދު ހަނދުވަދެ އިރުގެ އައްޔަށް ހުރަސް ނުވަތަ ހިޔަނި އެޅުމުންނެވެ.

ފަލަކީ މާހިރުން ބުނާގޮތުގައި، އަންނަ އާދީއްތަ ދުވަހު، 0202 ޖޫން 02 ވަނަ ދުވަހު، އެނިޔުލަރ އެކްލިޕްސެއް ނުވަތަ އިރުގެ އަނގޮޓި ކޭތައެއް ހިފާނެއެވެ. އެހެންނަމަވެސް، މި ކޭތަ ރާއްޖެއަށް ފެންނާނީ، ފަޅި ކޭތައެއްގެ ގޮތުގައެވެ.

ރާއްޖެއަށް މި ކޭތަ ހިފަން ފަށާނީ، 9:31 ގައެވެ. 10:51 މި ކޭތަ އެންމެ ބޮޑަށް ހިފާފައިހުންނަ އިރު ކޭތަ ވީއްލާނެކަމަށް ލަފާކޮއްފައިވަނީ މެންދުރު 12:14ގައެވެ.

ރައިސް މައުމޫން ވިދާޅުވީ އިރުކޭތަ ހިފަނީ، ދުނިޔޭގެ ވަށައިގެން ހަނދު ބުރުޖަހަމުން ދާއިރު، އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަދެ، އިރުގެ އައްޔަށް ހުރަސް އެޅުމުން ކަމަށެވެ. އެގޮތުން އިރުކޭތަ ތިން ގޮތަކަށް ހުންނަ ކަމަށާއި އެއް ގޮތަކީ، ޓޯޓްލް އެކްލިޕސް ނުވަތަ ފުރިހަމަ ކޭތަ ކަމަށެވެ. އެ ކޭތަ ހިފާފައި ހުންނައިރު، އިރުގެ އެއްވެސް ތަންކޮޅެއް ފެންނާކަށެއް ނުހުންނާނެއެވެ. ފެންނާނީ، ވަށައިގެން ގަދަ އައްޔެއް ހުރި ކަޅު ބޯޅައެއްގެ ސިފައިގައި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ދެވަނަ ގޮތަކީ، އިރުގެ ފަޅި ކޭތަ ނުވަތަ ޕާޝަލް އެކްލިޕްސް ކަމަށާއި މި ކޭތަ ހިފާފައި ހުންނައިރު، އިރުގެ އެއްބައި ފެންނަން ހުންނާނެއެ ކަމަށާއި އަނެއް ބައި ހުންނާނީ ފޮރުވިފައި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ތިންވަނަ ގޮތަކީ، އެނިޔުލަރ އެކްލިޕްސް ނުވަތަ ]އަނގޮޓި[ ކޭތަ ކަމަށާއި އެކޭތަ ފެންނައިރު ހީވާނީ ބޮޑު ކަޅު ބޯޅައެއްގެ ވަށައިގެން ވަރަށް ހަނި އަލި ބޮޅެއް ހުންނަ ހެން ނުވަތަ އަނގޮޓިއެއްގެ ސިފައިގައި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައިސް މައުމޫން ވިދާޅުވީ 2010 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު ރާއްޖެއަށް މިފަދަ އަނގޮޓި ކޭތައެއް ވަރަށް ރީތިކޮށް ފެނުނު ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!