ފޮޓޯ: ސަން

މާފަރު އެއަރޕޯޓުގައި ކޮވިޑަށް ޓެސްޓްކުރާ މެޝިނާއި، އިތުރު ސާމާނު ގެނެސްފި

މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ހަދާ ކޮވިޑް 19 އަށް ޓެސްޓުކުރެވޭ ލެބޯޓަރީއަށް ބޭނުންވާ ޕީސީއާރު މެޝިނާއި ލެބަށް ބޭނުންވާ އެހެން ތަކެތި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އިން ރާއްޖެ ގެނެސްފިއެވެ.

ސޮނޭވާ ރިސޯޓު ހިންގާ ސޮނޭވާ ގްރޫޕުން މާފަރު އެއަރޕޯޓުގައި ކޯވިޑް-19އަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ޤާއިމުކުރާ ލެބޯޓްރީގައި ބޭނުން ކުރުމަށް ގެނެސްފައިވަނީ އޭ.ޑީ.ކޭ ހޮސްޕިޓަލުގައި މިހާރުވެސް ސާމްޕަލް ޓެސްޓްކުރުމަށް ބޭނުންކުރާ ޕޮލިމަރައިޒް ޗެއިން ރިއެކްޝަން، ޕީ.ސީ.އާރް ލައިޓް ސައިކްލަރ ނައިން ސިކްސްގެ މެޝިނެކެވެ.

އޭ.ޑީ.ކޭ ޓްރޭޑް އެންޑް ޝިޕިންގ އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާފަރު އެއަރޕޯޓަށް އެފަރާތުން ގެންނަ ދެވަނަ ޕީސީއާރް ސިސްޓެމް އަކާއި ޕީސީއާރް ލެބް އަށް ބޭނުންވާ ސާމާނު މިއަދު ލިބިފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!