މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި

ގއ. ގެމަނަފުށީ މީހަކު މާވަރަހެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފިއެވެ.

އޮންލައިން ނޫސް ވަގުތު އަށް އެ މާވަހަރު ހޮވި ފައިސަލް ނަމަކަށް ކިޔާ މީހާ ބުނީ، މާވަހަރު ކަމަށް ޝައްކު ކުރެވޭ އެ އެތި ފެނިފައި ވަނީ އިއްޔެ މެންދުރު 14:00 ހާއިރު ރަށުގެ ހުޅަނގު ފަރާތު ދިޔަދޫ އާއި މެދަހުއްޓާ އާ ދެމެދު ފަޅުމަތިން އާއިލާއައެކު ޕިކްނިކް ގޮސްގެން އުޅެނިކޮށް ކަމަށެވެ.

ފައިސަލް ބުނީ، އެރަށުގެ ގިނަ މީހުން އެއީ މާވަހަރެއް ކަމަށް ބުނާތީ އޭތި ޓެސްޓު ކުރަން ބަޔަކު ލިބޭތޯ ބަލަމުންދާ ކަމަށެވެ.

ފައިސަލް ބުނެފައިވަނީ އެކި ގޮތް ގޮތުން އަމިއްލައަށް ޓެސްޓުކުރުމުންވެސް އެއީ މާވަހަރެއްކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!