ބަންގްލަދޭޝްގެ 2499 މީހުން މިހާތަނަށް ގައުމަށް ފުރުވާލެވިއްޖެ: ފޮރިން މިނިސްޓްރީ

ލިޔެކިޔުން ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް މީހުންގެ ތެރެއިން 2499 މީހަކު އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެޕްރީލް މަހުގެ 21 އިން ފެށިގެން މިއަދުގެ ނިޔަލަށް ބަންގްލަދޭޝްގެ 2499 މީހަކު އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ، އެ މީހުން ފޮނުވާލާފައިވަނީ އެ ކަމަށް ހާއްސަކޮށް ގައުމީ އެއަރލައިން މޯލްޑިވިއަނުން ބޭއްވި 11 ފްލައިޓްގައިއާ، ބަންގްލަދޭޝްގެ ބިމާން އެއަރގެ ފްލައިޓެއްގެ އިތުރުން ބަންގްލަދޭޝްގެ އަސްކަރީ ދެ މަތިންދާ ބޯޓެއްގައި ކަމަށެވެ. އަދި ބަންގްލަދޭޝްގެ ބައެއް ރައްޔިތުން އަނބުރާ ގައުމަށް ދިޔުމަށް ބޭނުންކުރި މޯލްޑިވިއަންގެ ރިޕަޓްރިއޭޝަން ފްލައިޓެއް މެދުވެރިކޮށް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

  1. ތިއަ ފުރުވާލީ މަހުޖަނުންގެ ރިސޯޓުގަ ރަށަށް ނުދެވިފަ ތިބި މީހުން ސަރުކާރުގެ ހަރަދުގަ ދެން ކިހާރަގަޅު ތިއަ ވާހަކަ ދައްކަން

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!