ޝުޝާންތާ ގުޅޭ ގޮތުން ދެއްކި ވާހަކަ އަކުން ކަރީނާވެސް ހޫނުފެނަށް

ހިންދީ ފިލްމު އިންޑަސްޓްރީގައި ކުރިއަރަމުންއައި ޒުވާން ތަރި ސުޝާންތު ކަޕޫރުގެ މަރާ ގުޅިގެން ގިނަބަޔަކު ދަނީ އެކަމުގެ ޒިންމާ ބޮލީވުޑްއިން ނަގަން ޖެހޭނެކަމަށް ބުނަމުންނެވެ. އިންޑަސްޓްރީގައި އޭނާ ބާކޯކޮށް އެކަހެރިކޮއްލާފައިވާ ކަމަށް ވާހަކަދައްކަމުންދާ މިދަނޑިވަޅުގައި މިކަމާ ބެހޭގޮތުން ކަރީނާގެ ހިޔާލު އޭނާ ފައުޅުކުރީ ތަފާތުގޮތަކަށެވެ.

އެކުވެރި އަމްރިތާ އަރޯރާއާއި އެކު ކަރީނާ ބައިވެރިވި ޗެޓް ޝޯއެއްގައި ކުރި ސުވާލަކަށް ޖަވާބުދެމުން ބުނެފައިވާ ޖުމްލަ ވަނީ ސުޝާންތުގެ ގިނަ ފޭނުންނަށް އަޑުއަހަން އުދަގޫވި ބަސްތަކަކަށެވެ.

ކަރީނާގެ ދޮންދަރިފުޅު ސާރާ އަލީ ޙާންއަށް އިންނާނެ މީހަކު ހޯދާނެގޮތާއި ބެހޭގޮތުން ދޭނީ ކޮން ނަސޭހަތެއްތޯ ސުވާލުކުރުމުން ކަރީނާ ބުނެފައިވަނީ ފުރަތަމަ ފިލްމުގެ ހީރޯ ބައިވެރިއެއްގެ ގޮތުގައި ނުހޮވުމަށެވެ. ކަރީނާ މިހެން ބުނެފައިވާވާއިރު ސާރާގެ ފުރަތަމަ ފިލްމުގެ ބަތަލްއަކީ ސުޝާންތު ސިންގު ރާޖުޕޫތެވެ.

މިއީ ސީދާ ސުޝާންތަށް އަމާޒުކޮށް ބުނެފައިވާ އެއްޗެއް ކަމަށްބުނެ ސުޝާންތުގެ ފޭނުންދަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ތަފާތު ހިޔާލު ފައުޅު ކުރަމުންނެވެ.

ކަރީނާ އަކީ ހުނަރެއްނެތް ގޮތެއްނެތް އަންހެނެތްކަން ފާހަގަ ކުރަމުން ކަރީނާ އާއި ކަޕޫރު އާއިލާ ބޮއިކޮއިޓުކުރުމަށްވެސް ޓްވިޓަރގައި ބައެއް މީހުން ގޮޥާލާފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!