ގަން އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ބާއްވާ ބޭރުގެ ހަމައެކަނި އެއާލައިންގެ ދަތުރުތައް އަލުން ފެށޭނެ ކަމުގެ ޔަގީންކަމެއް ނެތް

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ބާއްވާ ބޭރުގެ ހަމައެކަނި އެއާލައިން ކަމަށްވާ ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް ވެސް ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައި އޮތް ނަމަވެސް ބޯޑަރު ހުޅުވާލުމަށް ފަހުގައި ވެސް އަލުން ދަތުރުތައް ފެށޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ބުނެފި އެވެ.

އެއާލައިންސްގެ ރާއްޖޭގެ އޮޕަރޭޓަރު އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު). ރޭ ވިދާޅުވީ އެ ކުންފުންޏާ ގުޅިގެން ސްރީލަންކަން އިން ގަމަށް ކުރަމުން އައި ދަތުރުތައް ކޮވިޑް-19 ގެ ސަބަބުން މެދުކެނޑިފައިވާއިރު އަލުން ބޯޑަރުތައް ހުޅުވާލުމުން ވެސް އެ ދަތުރުތައް ފެށޭނެ ކަމުގެ ޔަގީންކަން ނެތީ އެކަށީގެންވާ ވަރަށް ފަސިންޖަރުން ނުލިބޭތީ ކަމަށެވެ.

“ސަބަބަކަށް ބޮޑަށް ދިމާވެފައި ވަނީ އެކަށީގެން ވާ ވަރަށް ފަސިންޖަރުން ނުލިބުމާއި އައްޑު އަތޮޅު އެކަނި ހިމެނިގެން އެކަށީގެން ވާ އަދަދަށް ފަސިންޖަރުން ނުލިބޭތީ. މިއީ ފާއިތުވި ތިން އަހަރުގެ ތަޖުރިބާ އާއި ލިބުނު ގެލުމަށް ބަލާފައި،” ފިރާގު ޓްވީޓް ކުރައްވާފައިވެ އެވެ.

ފިރާގު ވިދާޅުވީ ކޮވިޑް-19 އިން އަރައިގަނެވުނުހާ އަވަހަކަށް މޯލްޑިވިއަންއިން ގަމަށް އިންޓަނޭޝަނަލް ދަތުރުތައް ފެށޭނެ ކަމަށް ވެސް އުންމީދު ކުރައްވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!