ކާޑީ ބީގެ ވޮއިސް ޓްވީޓްސް : އޯ މައި ގޯޑް، ވަޓް އިސް ދިސް؟

ޓްވިޓާއަކީ އަކި މިހާރުވެސް ގިނަ ބަޔަކު މުއާމަލާތު ކުރުމަށް ބޭނުންކުރާ މަޝްހޫރު އެޕްލިކޭޝަންއެކެވެ. ނަމަވެސް މިދިޔަ ބުދަދުވަހު (17 ޖޫން2020) މި އެޕް އަށް އިތުރުކުރި “ވޮއިސް ޓްވީޓްސް”ގެ ސަބަބުން މިވަނީ މީގެ މަޤުބޫލުކަން އިތުރުވެފައެވެ. 140 ސިކުންތުގެ ޓައިމް ލިމިޓެއް އިންނަމަވެސް މި ގޮތަށް އޯޑިއޯ ފޮނުވުން ގިނަބަޔަކު ދަނީ ތަޖުރިބާ ކުރަމުންނެވެ.

އެގޮތުން ލިޒްފިއަރ އޭނާގެ ލަވައެއްގެ ތަންކޮޅެއް މި އެޕްމެދުވެރިކޮށް ޝެއަރކޮއްފައިވާއިރު އޭނާ ވަނީ މި އެޕްއަށް ވަރަށް ތައުރީފުކޮއްފައެވެ.

” އޯ ޔާ..މިހެން ބުނުމަށް ޓްވިޓަރ އިން ތިމަންނާ އަށް ޕޭ އެއް ނުކުރޭ. އެކަމަކު މި އަހަރެން ވަރަށް ގަޔާވާ ފީޗަރއެއް އަދި ވަރަށް ގިނައިން ބޭނުންކުރެވޭނެ” ލިޒްފިއާ ބުނެފައިވެއެވެ.

ކާޑީ ބީވެސް ވަނީ މި މި ފީޗަރއާއި މެދު ވަރަށް ހިތްހަމަޖެހޭކަން ފާހަގަކޮށްފައެވެ. ހައިރާން ކަމާއެކު ބުނެފައިވަނީ” އޯ މައި ގޯޑް.ވަޓް އިސް ދިސް” މިހެންނެވެ.

ކާޑީ ބީ ވަނީ 25 ސިކުންތުގެ އޯޑިއޯ ކޮޅެއް ފޭނުންނަށް ދޫ ކޮށްލާފައެވެ.

ގިނަ ތަރިންތަކަކަށް ވަނީ ޓްވިޓާގެ މި އާ ފީޗާ ކަމުގޮއްސައިއެވެ. ވޮއިސް ޓްވީޓްސް އަދި ލިބެނީ ހަމައެކަނި އައިފޯނުތަކަށެވެ.