އަންނަ އާދިއްތަ ދުވަހުގެ އިރުކޭތަ, ރާއްޖެއަށް ފެންނާނީ ފަޅި ކޭތައެއް

އިރުކޭތަ ހިފަނީ ދުނިޔޭގެ ވަށައިގެން ހަނދު ބުރުޖަހަމުންދާއިރު އިރާ ދުނިޔެއާއި ދެމެދު ހަނދުވަދެ އިރުގެ އައްޔަށް ހުރަސް ނުވަތަ ހިޔަނި އެޅުމުންނެވެ.

ފަލަކީ މާހިރުން ބުނާގޮތުގައި އަންނަ އާދިއްތަދުވަހު ( 21 ޖޫން 2010 )ގައި އިރުކޭތަ ހިފާނެއެވެ. މިކޭތަ ރާއްޖެއަށް ފެންނާނީ ފަޅި ކޭތައެއްގެ ގޮތުގައެވެ.

ރާއްޖެއަށް މިކޭތަ ހިފަން ފަށާނީ 9:31 ގައެވެ. 10:51 މި ކޭތަ އެންމެ ބޮޑަށް ހިފާފައިހުންނަ އިރު ކޭތަ ވީއްލާނެކަމަށް ލަފާކޮއްފައިވަނީ މެންދުރު 12:14ގައެވެ.

ފަޅި ކޭތައެއް ގޮތުގައި މިކޭތަ ފެންނާނެ ޤައުމުތަކުގެ ތެރޭގައި އިރުމަތީ އެފްރިކާގެ ޤައުމުތަކާއި،ޔޫރަޕުގެ އިރު ދެކުނު ސަރަހައްދާއި އޭޝިއާގެ ގިނަ ޤައުމުތަކުގެ އިތުރުން އޮސްޓްރޭލިއާގެ އުތުރު ސަރަހައްދު ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!