މިނިސްޓްރީގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ މަސައްކަތް އަވަސް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތް އަވަސް ކުރުމާ ގުޅޭގޮތުން އެމަސައްކަތް ހަވާލުކޮށްފައިވާ ފަރާތްތަކާ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ވަނީ އެ މިނިސްޓްރީގެ 52 ޕްރޮޖެކްޓަކާ ހަވާލުވެފައިވާ ފަރާތްތަކާ ބައްދަލުކުރައްވާ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ މަސައްކަތް ގޮސްފައިވާ މިންވަރު އޮޅުންފިލުއްވާފައެވެ. އަދި މަސައްކަތް އަވަސް ކުރުމަށް ދެފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅެގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ރާއްޖޭގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ސްކޫލްތަކަށް ކްލާސް ރޫމްތައް އިތުރު ކުރުމާއި އައު ސްކޫލް އިމާރާތްތައް އެޅުން ހިމެނެއެވެ.

މީގެ އިތުރުން ފާހާނާ ބަރިތަކާއި މަލްޓިޕަރޕަސް ހޯލްތަކާއި ސައިންސް ލެބާއި ކޮމްޕިއުޓަރ ލެބްތައް އެޅުމަށްވެސް ދަނީ ހަވާލުކުރަމުންނެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ތައުލީމާއި ގުޅޭ ވަސީލަތްތައް އިތުރުކުރުމަށްޓައި މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި 543.5 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!