ސިއްހީ ދުޅަހެޔޮކަން ލިބުމަށް ނަފުސަށް އަޅައިލުމަށް ޚުތުބާގައި ގޮވާލައިފި

ޖިސްމާނީ ސިއްހަތަށް ދުޅަހެޔޮކަން ލިބުން ބިނާވެފައި ވަނީ، ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށާއި، ހިތްދަތިކަމާއި ހާސްކަމުން މިންޖުވުމަށް ނަފުސަށް އަޅައިލުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

”ނަފްސާނީ އިޖްތިމާއީ ދުޅަހެޔޮކަން” މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އެއްތަނެއް ގައި ބަންދުވެގެން ތިބެން ޖެހުނަސް، ނަފްސަށް ބޭނުންވާ ރޫޙާނީ ޣިޒާ ކަމުގައިވާ އަޅުކަމުގެ އިތުރުން ކަސްރަތާއި، ސިއްހަތަށް ފައިދާހުރި ކާނާ އާއި، ސިއްހީ މިންގަޑުތަކަށް ފެތޭ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ނަފްސާނީ ދުޅަހެޔޮކަން ލިބިގެންދާނެ ކަންކަން ކަމަށެވެ. އެހެންކަމުން ދުވަހުގެ ތާވަލު ރާވާލާ އިރު، ތިމާގެ ވަގުތު ބޭނުންތެރި ގޮތެއްގައި ހޭދަކުރެވޭތޯ މަސައްކަތް ކުރުމަށް ޚުތުބާގައި އެދިފައިވެއެވެ.

އިޖްތިމާޢީ ގުޅުންތައް ބަދަހިވެގެން ދިޔުމަކީ، ނަފުސަށް ލިބޭނޭ ހިތް ހަމަޖެހުމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ނަފްސާނީ ދުޅަހެޔޮކަމާ އެކު ދިރިއުޅުން ފަހިވެގެންދާނެ ކަމަށާއި، އިޖްތިމާއީ ގުޅުންތައް ދެމެހެއްޓުމަށްޓަކައި ކޮންމެ މީހަކު ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ޚުތުބާގައި ބުނީ މިއަދު ހަލުވިކަމާއެކު ފެތުރެމުންދާ ވަބާގެ ސަބަބުން، އިންސާނުންގެ ނަފްސާނީ، ޖިސްމާނީ، އިޤްތިސާދީ އަދި އިޖްތިމާއީ ދުޅަހެޔޮކަމަށް ކުރަމުންދާ ނުރަނގަޅު އަސަރުތަކުން ސަލާމަތްވުން އޮތީ، ﷲ ދުނިޔޭގައި ލައްވާފައިވާ ސަބަބުތަކުގައި ހިފައި، އެކަލާނގެ ރަޙުމަތްފުޅާލައިގެއިގެން ކަމަށެވެ.

“މަޒީވެދިޔަ ތާރީޚުގައި، އަހަގެހަރެމެންނަށް ވުރެ މާ މަތިވެރި، އިންސާނުންކަމުގައިވި ނަބިއްޔުންނާއި ރަސޫލުންނަށް، މިފަދަ އެތަކެއް ހިތްދަތި ޙާދިޘާތަކާ ކުރިމަތިވިއެވެ. އަދި ބިރުވެރި މާޙައުލުގައި އުޅުއްވަންޖެހިވަޑައިގަތެވެ. ނަމަވެސް އެ ބޭބޭކަލުން މި ކާއިނާތުގެ ވެރި ﷲ ގެ ޙަޟްރަތުން ރަޙްމަތާއިއޯގާވެރިކަމުގެ އުންމީދުން މާޔޫސް ވުމެއް ނެތި، ދުޢާ ދެންނެވުމުގައި ޘާބިތުވެ ތިއްބެވިއެވެ.” ޚުތުބާގައިވެއެވެ.

ދުނިޔޭގެ ހަޔާތުގައި އަންނަ ކޮންމެ ހިތްދަތިކަމަކަށް ފަހު އެތައް ފަސޭހަތަކެއް އަންނާނެކަމަށް ﷲ ވައުދުވެ ވޮޑިގެންފައިވާ ކަންހަނދުމަކޮށް ދެއްވާ ޚުތުބާގައި ބުނީ ވައުދުފުޅުގެ މަތީން ހަނދާންކޮށް ހިތްވަރު އައުކުރަންޖެހޭ ކަމަށެވެ. އަދި ކޮންމެ އުދަގުލަކާ އެކު އެތައްފަސޭހަތަކެއްވާ ކަމަށް ޚުތުބާގައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!