ފޮޓޯ: މިހާރު

އެއްކުއްޖަކު ގެންގުޅޭ ކުޅޭ އެއްޗެހި ރަނގަޅީ އަނެއްކުއްޖަކާ ޝެއާނުކުރުން

ކުޑަކުދިން ގެންގުޅޭ ކުޅޭ އެއްޗެހި މިދުވަސްކޮޅު ރަނގަޅީ އެހެން ކުޑަކުދިންނަށް ކުޅެން ނުދިނުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ރޭ ވިދާޅުވެއްޖެއެވެ.

ޑރ. އަފްޒަލް ވިދާޅުވީ މިދުވަސްވަރު އެންމެ އިސްކަންދޭންވީ އެއްކަމަކި ކުޑަކުދިން ކުޅެންގެންގުޅޭ އެއްޗެހި އެއްކުއްޖަކު އަނެއްކުއްޖަކަށް ޝެއާ ނުކުރަން ކަމަށެވެ.

“ކުޅޭއެއްޗެހި ރަނގަޅީ އެއްކުއްޖަކު ގެންގުޅޭ އެއްޗެހި އަނެއް ކުއްޖަކު ޝެއާ ނުކޮށް ވަކިން ގެންގުޅުން. އެއީ އެއްކުއްޖަކު ބަލިވިނަމަވެސް، ދެވަނަ ކުއްޖާ އަށް އެކަމުގެ އަސަރު ކުރުން ކުޑަވާނެ،” ޑރ ވިދާޅުވިއެވެ.

ޑރ. ވިދާޅުވީ އެއްކުއްޖަކު އަނެއްކުއްޖަކު ކުޅެންގެންގުޅޭ އެއްޗެހި މިކްސް ނުކުރުމަށްވެސް އެދޭ ކަމަށެވެ.

އަދި ކަނޑައެޅިފައިވާ ވަކި ވަގުތެއްގައި ކުޑަކުދިން ބޭރަށް ނުކުންނަ އިރު، ބެލެނިވެރިއަކާ އެކު، ނިކުމެ ގައިދުރުކަން ބެހެއްޓުމަށް އިސްކަން ދޭން ވާނެ ކަމަށް ވެސް އަފްޒަލް ވިދާޅުވިއެވެ.

“ގެއިން ނުކުންނަ އިރު، ކުޑަ ކުއްޖާ އަށް އިރުޝާދުތައް ހަނދާންކޮށް ދީފައި ނިކުންނަން ވާނީ،” އަފްޒަލް ވިދާޅުވިއެވެ.

އެހެންކަމުން މި ދަނޑިވަޅުގައި ބެލެނިވެރިން މިކަމާމެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. އެއް ކުއްޖަކު ކުޅެން ގެންގުޅޭ ތަކެތި އަނެއް ކުއްޖާއަށް ނުދީވޭތޯ ވީހާވެސް ބޮޑަށް ބަލަންޖެހެއެވެ. ސަބަބަކީ މިދުވަސްވަރަކީ ރާއްޖޭގައި ކޯވިޑް-19 ފެތުރެމުންދާ ދުވަސްވަރަށް ވުމާއެކު މިބަލި ކުޑަކުދިންނަށްވެސް ޖެހެމުންދިއުމެވެ. މި ބައްޔަކީ ގައިންގަޔަށް އަރާ ބައްޔަކަށް ވުމާއެކު ކުޅޭ ސާމާނު ޝެއަރ ކުރުމުގެ ސަބަބުންވެސް ބަލި ފެތުރުމަކީވެސް އެކަށީގެންވާކަމެކެވެ.

ރާއްޖެ އިން މިހާތަނަށް 2،138 މީހަކު ފައްސިވެފައިވާ އިރު، އެމީހުންގެ ތެރޭގައި ހިމެނެނީ 737 ދިވެހިންނާއި 1،401 ބިދޭސީންނެވެ. މި ބަލިން މިހާތަނަށް 1،759 މީހުން ވަނީ ރަނގަޅުވެފައެވެ. އަދި މި ބަލީގައި އަށް މީހަކު ވަނީ ނިޔާވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު، ރާއްޖެ އިން އުމުރުން 10 އަހަރުން ދަށުގެ 50 އަށް ވުރެ ގިނަ ކުދިންނަށް ކޮވިޑް-19 ވަނީ ޖެހިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!