ލޮކްޑައުން އާއި ހިލާފުވި 312 މީހެއްގެ މައްޗަށް ޖިނާޢީ ދަޢުވާ!

ކޯވިޑް-19އާ ގުޅިގެން އެކުލަވާލި ފުރަބަންދުގެ ފިޔަވަޅުތަކާއި ޚިލާފުވި 312 މީހެއްގެ މައްޗަށް ޖިނާޢީ ދައުވާ އުފުލަން ނިންމައި ޕްރޮސެޖިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.

ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ޞަބާޙު ވިދާޅުވީ، ފުރަބަންދުގެ ފިޔަވަޅުތަކާއި ގުޅުންހުރި 80 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ.

އަދި ލޮކްޑައުންއާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފުވެގެން ފުލުހުންގެ ބެލުމުގެ ދަށަށް 582 މީހުން ގެންގޮސްފައިވެއެވެ. އޭގެ ތެރެއިން 312 މީހެއްގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާކަމަށް ޔޫނުސް ވިދާޅުވިއެވެ.

މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައު ތިބީ 37 މީހުންކަމަށް ޔޫނުސް ވިދާޅުވިއެވެ.

ފުލުހުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރުލޮކްޑައުންއާއި ގުޅިގެން އަޅަފައިވާ ފިޔަވަޅުތަކާއި ގުޅިގެން ނުވަ ހާހަށްވުރެ ގިނަ މީހުން ވަނީ ޖޫރިމަނާކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!