ފިލިތެޔޮ ކަރަންޓީންގައި ހުރި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަނީ

ފ. ފިލިތެޔޮ އައިލެންޑް ރިސޯޓުގައި ކަރަންޓީންގައި ހުރި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

ފުލުހުން ބުނީ ފިލިތެޔޮ އައިލެންޑް ރިސޯޓުގައި ހުރި އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

މިއަދު ހަވީރު ހުށަހެޅި މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިމައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވެއެވެ.

މައުލޫމާތު ލިބިފައި ވާގޮތުގައި 19 އަހަރުގެ މި ކުއްޖާ އަކީ މިމަހު 10 ވަނަ ދުވަހު ލަންކާއިން އައި ކުއްޖެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!