އިތުރު 82 މީހުން ބަލިން ރަނގަޅު ވެއްޖެ

 މިއަދު 82 މީހުން ބަލިން ރަނގަޅު ވެފައުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެ ގޮތުން މިހާރު މި ބައްޔަށް ބޭސްކުރަމުން ދަނީ 368 މީހުންނެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ އިރުއޮއްސި 6 އިން މިރޭގެ އިރުއޮއްސި 6 އާހަމައަށް ބަލިޖެހުނު މީހުންގެ ތެރެއިން 82 މީހަކުވަނީ ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19 އިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދުވަނީ 1759 އަށް އިތުރުވެފައެވެ. އަދި މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން %80 މީހުންމިވަނީ ބަލިން ރަނގަޅުވެފައެވެ.

ބަލިން ރަނގަޅިވާ މީހުން އިތުރުވެ، ކުރިއަށްވުރެ ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވުމުން ފަރުވާދޭ މީހުްނ ނުވަތަ އެކްޓިވް ކޭސްތައް މިހާރުވަނީ މަދުވެފައެވެ. އެގޮތުން މިބައްޔަށް ފަރުވާދެމުންދާ މީހުންގެ ޖުމްލަ އަދަދަކީ 368އެވެ. މީގެ ތެރޭގައި ހިމެނެނީ 235 ބިދޭސީންނާއި 133 ދިވެހިންނެވެ.

މި މަހުގައި ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ރެކޯޑް:

 • 1 ޖޫން – 56 މީހުން ޕޮޒިޓިވްވި
 • 2 ޖޫން – 12 މީހުން ޕޮޒިޓިވްވި
 • 3 ޖޫން – 9 މީހުން ޕޮޒިޓިވްވި
 • 4 ޖޫން – 22 މީހުން ޕޮޒިޓިވްވި
 • 5 ޖޫން – 11 މީހުން ޕޮޒިޓިވްވި
 • 6 ޖޫން – 18 މީހުން ޕޮޒިޓިވްވި
 • 7 ޖޫން – 2 މީހުން ޕޮޒިޓިވްވި
 • 8 ޖޫން – 13 މީހުން ޕޮޒިޓިވްވި
 • 9 ޖޫން – 26 މީހުން ޕޮޒިޓިވްވި
 • 10 ޖޫން – 20 މީހުން ޕޮޒިޓިވްވި
 • 11 ޖޫން – 14 މީހުން ޕޮޒިޓިވްވި
 • 12 ޖޫން – 27 މީހުން ޕޮޒިޓިވްވި
 • 13 ޖޫން – 10 މީހުން ޕޮޒިޓިވްވި
 • 14 ޖޫން – 22 މީހުން ޕޮޒިޓިވްވި
 • 15 ޖޫން – 30 މީހުން ޕޮޒިޓިވްވި
 • 16 ޖޫން – 29 މީހުން ޕޮޒިޓިވްވި
 • 17 ޖޫން – 26 މީހުން ޕޮޒިޓިވްވި
 • 18 ޖޫން – 17 މީހުން ޕޮޒިޓިވްވި

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 8 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!