ޕްލާސްޓިކް ކުނި އަޅާ ޑަސްބިނަށް ކަރުގޮހޮރު އަޅައިފި!

ޗާންދަނީ މަގުގައި ޕްލާސްޓިކް ކުނި އަޅަން ބަހައްޓާފައި ހުންނަ ޑަސްބިނަށް ކަރުގޮހޮރު އަޅާފައިވާ މައްސަަލައެއް ފެންމަތިވެއްޖެއެެވެ.

މިއަދު އިސްކަންދަރު ސްކޫލް ސަރަަހައްދުގައި ކުނި ވަސް ދުވާ މައްސަލަ އެއް ފެންމަތިވެގެން އެ ސަރަހަށްދަށް ވެމްކޯގެ މުވައްޒަފުން ގޮސް ބެލި އިރު އެ ނުބައި ވަސް އަރަމުން ދިޔައީ އިސްކަންދަރު ސްކޫލް ކުރިމައްޗަށް ވާ ގޮތަށް ޕްލާސްޓިކް ކުނި އެޅުމަށް ބަހައްޓާފައި ހުރި ޑަސްބިން ތެރެއިންނެވެ. އަދި ބެލި އިރު އެ ޑަސްބިނަށް ވަނީ ކަރުގޮހޮރު ކޮތަޅެއް ލާފައި ކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯގެ އެމްޑީ އާދަމް މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިސްކަންދަރު ސްކޫލް ކުރިމަތީ ހުރި ޑަސްބިނަށް ރޭގެ ވަގުތެއްގައި ކަރުގޮހޮރު ކޮތަޅެއް ލާފައިވާ ކަމަށާއި އެއާއެކު މުޅި ސަރަހައްދުގައި ކުނި ވަސް ހިފާފައިވާ ކަމަށެވެ.

ވެމްކޯގެ މުވައްޒަފުން އެ ސަރަހައްދަށް ގޮސް މިހާރު އެ ޑަސްބިން ސާފުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ބައެއް މީހުން ކުރާ މިފަދަ ކަންކަމުން އެތައް އާންމު ރައްޔިތުންނަކަށް އުނދަގޫ ވާ ކަމަށާއި މިއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުނި އެޅުމަށް ޕަބްލިކް ތަންތަނުގައި މިގޮތަށް ބަހައްޓާފައި ހުންނަ ޑަސްބިންތަކުގައި ޕްލާސްޓިކް ނުވަތަ ކަރުދާސް ފަދަ ކުނި އެޅުމަށް ލޭބަލް ޖަހާފައި ހުރި ނަމަވެސް ބައެއް ފަރާތްތަކުން އަންނަނީ ކުނިވާ ފަދަ ކާބޯތަކެތި އެ ޑަސްބިންތަކަށް އަޅަމުންނެވެ.

  1. އެއްވެސް އެކްޝަނެއް ނަގާނެކަމެއްނެތް. ހަމަ ތިވާހަކަ ދައްކާފަ އަޅާވެސްނުލާ ހުރީމަ ތިކަން އޮންނާނީ ހައްލުވެފަ.

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!