މިއަދު ކޮވިޑް-19އަށް 17 މީހުން ޕޮޒިޓިވް ވެއްޖެ

މިއަދު ކޮވިޑަށް 17 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު 17 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމްލަ އަދަދު 2137 އަށް އަރާފައި ވާ ކަމަށެވެ. މިއަދު ޕޮޒިޓިވް ވި 17 މީހުންގެ ތެރޭގައި ހިމެނެނީ 7 ދިވެއްސަކާއި، ބަންގްލަދޭޝްގެ 6 މީހަކާއި، އިންޑިއާގެ 3 މީހުންނާއި ނޭޕާލްގެ އެކަކެވެ.

ޕޮޒިޓިވް ވި މީހުންގެ ތެރޭގައި 737 ދިވެހިން ހިމެނެއެވެ. އެންމެ ގިނައިން ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. އެ ގޮތުން މިހާތަނަށް ބަންގްލަދޭޝްގެ 1124 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!