ހާސްވެ ކަންބޮޑުވާ ފަދަ ކަންކަން އެހެން މީހުންނަށް ހިއްސާކުރުމަކީ މުހިންމު ކަމެއް: މެޑަމް ފަޒްނާ

ކޮވިޑުގެ ސަބަބުން ނަފުސާނީ ގޮތުން އެތައް ބަޔަކަށް ގެއްލުންވެފައިވާ ކަމަށާއި އެހެންކަމުން ހާސްވެ ކަންބޮޑުވާ ފަދަ ކަންކަން އެހެން މީހުންނަށް ހިއްސާކުރުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ޔުނިސެފު މޯލްޑިވްސްއިން ޔޫޓިއުބްގައި އާންމުކުރި ވީޑިއޯ މެސެޖެއްގައި މެޑަމް ފަޒްނާ ވިދާޅުވީ، ކޮވިޑުގެ ސަބަބުން އާއިލާތައް އެކި ތަންތަނުގައި ތާށިވެފައިވާ ކަމަށާއި ގާތް ތިމާގެ މީހުންނާއި ރަށްޓެހިންނަށް ޒިޔާރަތްކުރުމުގެ ފުރުސަތުވެސް ގެއްލިފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ގުޅިގެން ހާސްވެ ކަންބޮޑުވާ އެތަކެއް ކަމެއް ކުރިމަތިވާނެ ކަމަށާއި އެހެންކަމުން އެ ކަންބޮޑުންތަކަށް ލުޔެއް ހޯދުމުގެ ގޮތުން އެހެން މީހުންނާ ހިއްސާކޮށްލުމަކީ މުހިންމު ކަމެއް ގޮތުގައި ފާހަގަ ކުރައްވާ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭކަމަށެވެ.

އަދި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި ލޯބި ދޭން ޖެހޭ ކަމަށް ވެސް މެޑަމް ފަޒްނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!