ކޮވިޑް-19 އާ ގުޅުން ހުރި, އެމްއައިއެސް-ސީ ރާއްޖެއިން ފެނިއްޖެ

ކޮވިޑް-19 އާއި ގުޅުން ހުރި، ކުޑަކުދިންނަށް ޖެހޭ ބައްޔެއް ކަމަށްވާ މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް އިން ޗިލްޑްރެން (އެމްއައިއެސް-ސީ) ރާއްޖެއިން ފެނިއްޖެއްޖެއެވެ.

އެކަން ހާމަކުރައްވާ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ބަލި ފެނުނީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ އެއް އަހަރުގެ ކުއްޖެއްގެ ގައިން ކަމަށެވެ. 

ބަލީގެ ސަބަބުން އެ ކުއްޖާގެ ހިތުގެ ލޭނާރުތަކަށް އަސަރު ކޮށްފައި ހުރި ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، އެއީ ކޮވިޑް-19 އާ ގުޅުން ހުރި ބައްޔެއް ކަމަށާއި، އެ ކުއްޖާ ކޮވިޑް-19 އަށް ޓެސްޓް ކުރި އިތު ނަތީޖާ ނެގެޓިވް ކަމަށެވެ.

ފާއިތުވި 18 ދުވަހުގެ މުއްދަތެއްގެ ތެރޭގައި މި ބަލީގެ އަލާމަތްތައް އެކުއްޖާގެ ކިބައިން ފެނިފައިވާ ކަމަށާއި، އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ތުންފަތާއި ދުލާއި ލޯ ރަތްވުމާއި އަދި ވަރުބަލިވުމާއި، ބިހި ނެގުން ހިމެނޭ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!