ޕްރައިވެޓް ޖެޓް ޖެއްސުމުގެ ހުއްދައަކަށް ކުޑަހުވަދޫ އާއި މާމިގިލީ އެއަރޕޯޓުން އެދިފައިވޭ: ޓްރާންސްޕޯޓް

މާފަރު އެއަރޕޯޓަށް އިންޓަނޭޝަނަލް ފްލައިޓްތައް އޮޕަރޭޓްކުރުމުގެ ދާއިމީ ހުއްދަ ލިބޭނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަކުރާ ބަދަލުތައް ޓާރމިނަލް އަށް ގެނައުމަށްފަހުގައިކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ބުނެފިއެވެ.

ރާނަސްޕޯޓް މިނިސްޓްރީން ބުނީ މާފަރު އެއަރޕޯޓްގައި އިންޓަނޭޝަނަލް ފްލައިޓްތައް 16 އޮކްޓޯބަރ 2018 ވަނަ ދުވަހުން ފެށިގެން ޖައްސާފައިވާއިރު، އޭގެތެރޭގައި A320/321 އަދި B737 ހިމެނިފައިވީ ނަމަވެސް އެއީ ވަގުތީ ހުއްދައިގެ ދަށުން ޖައްސާފައިވާ ޗާޓަރ ފްލައިޓްތަކެއް ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ވިދާޅުވީ މާމިގިލި އަދި ކުޑަހުވަދޫ އެއަރޕޯޓުން މިވަގުތު ހުށައަޅާފައި ވަނީ ޕްރައިވެޓް ޖެޓަށްތައް އޮޕަރޭޓްކުރަން ކަމަށާއި، އިންޓަރނޭޝަނަލް އޮޕަރޭޝަނަށް ހުއްދަ ދޭނީ އެއަރ އޮޕަރޭޓަރސް ސެޓްފިކެޓް ލިބުމަށްފަހު ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރުމުންކަމަށެވެ. އޭގެތެރޭގައި ކަސްޓަމްސްއާއި، އިމިގްރޭޝަން އަދި ކަރަންޓީން ފެސިލިޓީސްތަކުގެ އިތުރުން ފުރިހަމަކުރަންޖެހޭ އެހެނިހެން ބައެއްކަންކަންވެސް ހިމެނެއެވެ. މިނިސްޓްރީން މިކަމާއި ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، ސަރުކާރުން ކުރިން އެކުލަވާލާފައިވާ ޕްލޭނުގައި އެ ދެ އެއާރޕޯޓް ހިމަނާފައި ނުވާތީ މި ދެ އެއަރޕޯޓާއި ގުޅޭގޮތުން ގޮތެއް ނިންމަވާނީ އެ މިނިސްޓްރީން އެކަނި ނޫންކަމަށެވެ.

ނ.މާފަރު އެއަރޕޯޓަށްވެސް އިންޓަރނޭޝަނަލް ފްލައިޓް އޮޕަރޭޓްކުރުމުގެ ދާއިމީ ހުއްދަ ލިބޭނީ ކަސްޓަމްސް އިމިގްރޭޝަން އަދި ކަރަންޓީން ފެސިލިޓީތަށް ޤާއިމުކުރުމުގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަކުރާ ބަދަލުތައް ޓަރމިނަލަށް ގެނައުމުންކަމުގައި އެ މިނިސްޓްރީއިން ވިދާޅުވެއެވެ. މި ބަދަލުތަށް ގެނައުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާނެކަމަށް މާފަރު އެއަރޕޯޓުން ސިވިލް އޭވިއޭޝަނަށް އަންގާފައިވާކަމަށެވެސް އެ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!