ވަގުތުން އިންޓަރނެޓް ބޭންކިންގއަށް ރަޖިސްޓަރކުރެވޭ އިންތިޒާމް ބީއެމްއެލްއިން ހަމަޖައްސައިފި

ވަގުތުން އިންޓަރނެޓް ބޭންކިންގއަށް ރަޖިސްޓަރކުރެވޭ އިންތިޒާމް ބީއެމްއެލްއިން ހަމަޖައްސައިފިއެވެ.

ބީއެމްއެލްއިން ބުނީ މިގޮތަށް ހަމަޖައްސައިދިނީ ބޭންކިންގ ޚިދުމަތްތައް ހޯދުމުގައި ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުންނާއި ވީހާވެސް ފަސޭހައިން ރަޖިސްޓަރކުރެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުންކަމަށެވެ.

ބީއެމްއެލް އިންޓަނެޓް ބޭންކިންގއަށް ރަޖިސްޓަރކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ބޭންކުގައި މިހާރުވެސް ބޭނުންކުރަމުންދާ އެކައުންޓަކާއި ކާޑެއް އޮންނަ ކަސްޓަމަރުންނަށެވެ. އަދި ހަމައެހެންމެ ކަސްޓަމަރުގެ ފޯނު ނުވަތަ އީމެއިލް އެޑްރެސް ބޭންކުގައި ރަޖިސްޓްރީކޮށްފައި އޮންނަންވާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

އިންޓަރނެޓް ބޭންކިންގ އަށް ރަޖިސްޓަރވުމަށް ބީއެމްއެލްއިން އެކަމަށް ކަނޑައަޅާފައިވާ ލިންކަށް ވަނުމަށްފަހު ކަސްޓަމަރުގެ އެކައުންޓް ނަންބަރު ޖަހައި އޯޓީޕީ ފޮނުވުމަށްއެދޭ ގޮތް (މޯބައިލް ނުވަތަ އީމެއިލް) ޚިޔާރުކުރެވޭނެއެވެ. ރަޖިސްޓަރ ކުރަމުންދާއިރު އޯޓީޕީ ފޮނުވުމަށް ޚިޔާރުކުރާގޮތަކީ ބޭންކުގައި ރަޖިސްޓަރވެފައިވާ މޮބައިލް ނަންބަރަކަށް ނުވަތަ އީމެއިލް އެޑްރެހަކަށް ވާންވާނެކަމަށް އެ ބޭންކުން ބުނެއެވެ.

އޯޓީޕީ ޖެހުމަށްފަހު ބޭންކުންދޫކޮށްފައިވާ ކާޑެއް ބޭނުންކޮށްގެން ރަޖިސްޓްރޭޝަންގެ ސައްހަކޮށްލެވޭނެއެވެ. އެއާއެކު ވަގުތުން ޔޫސަރނޭމް އަދި ވަގުތީ ޕާސްވޯޑެއް ކަސްޓަމަރަށް ލިބޭނެއެވެ.

އިންޓަނެޓް ބޭންކިންގ ބޭނުންކޮށްގެން ގިނަ ޙިދުމަތްތަކެއް މިހާރު ލިބޭނެ މަގު ބީއެމްއެލްއިން ވަނީ ފަހިކޮށްދީފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!