ދެކުނުގެ ތިން ސްކޫލެއް ގުޅިގެން އޭ ލެވެލް ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފި

ދެކުނުގެ ތިން ސުކޫލެއް ގުޅިގެން ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭންފަށައިފިއެވެ.

އައްޑޫ ހައި ސުކޫލް, ގދ.އަތޮޅު ތައުލީމީ މަރުކަޒު އަދި ލ.ގަމުގައި ހުންނަ ހަމަދު ސުކޫލު ގުޅިގެން އޭލެވެލްގައި ކިޔަވާ 388 ދަރިވަރަކަށް ކިޔަވައިދޭން ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެނެވެ.

އައްޑޫ ހައި ސުކޫލުން އިސްރޯލެއް އަދާކުރާ މި މަސައްކަތާއި ބެހޭގޮތުން ހަމަދު ސުކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝައުކަތު ބުނެފައިވަނީ މިއީ ވަކި ޓައިމްޓޭބަލެއް ދެވިގެން ދުވާލަކު ހަތަރު ގަނޑިއިރަށް ކުލާސްތަށް ކުރިއަށްގެންދާކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ވަކި ވަކި ސްޓްރީމުތަށް ކިޔަވާ ކުދިންނަށް ހާއްސަ ކުލާސްތަށް ގެންދެވޭނެކަމަށް ޝައުކަތު ވިދާޅުވިއެވެ.

އިތުރަށް އޭނާ ބުނެފައިވަނީ ސުކޫލުތަށް ހުޅުވާލެވުނަސް މިގޮތަށް ކްލާސްތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!