ތިން ދުވަސްތެރޭ 446 ދިވެހިން ރާއްޖެ ގެނެސްފި

ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައިތިބި 446 ދިވެހިން ފާއިތުވި 4 ދުވަހުގެ ތެރޭގައި ރާއްޖެ ގެނެސްފައިވެއެވެ.

ޙާރިޖީ ވުޒާރާއިން ހާމަކޮއްފައިވާ މައުލޫމާތަށް ބަލާއިރު މެލޭޝިއާއިން 373 ދިވެއްސަކު ،އިންޑިއާއިން 66 ދިވެހިން އަދި ނޭޕާލުން 7 ދިވެހިން ގެނެސްފައިވެއެވެ.

މީގެ އިތުރުން ރިފެޓްރިއޭޝަން ފްލައިޓުތަކުން ލިބުން ޖާގަތަކުގެ ބޭނުން ގިނަ ފަރާތްތަކުން ހިފާފައިނުވާކަން ފާހަގަކުރިއެވެ. މިފަދަ ފުރުސަތުތަށް އަބަދު ނުލިބޭނެކަން ފާހަގަކުރަމުން ޙާރިޖީ ވުޒާރާއިން ވަނީ ޖާގަލިބޭ ފުލައިޓުތަކުން ރާއްޖެ ވަޑައިގަންނަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ވަޑައިގަތުމަށް އިލްތިމާސްކޮއްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!