ރާއްޖެއިން ބޭރަށް ފަރުވާއަށް ގެންދިއުމުގައި ލަސް ވަނީ ގައުމުތަކުން ހުއްދަ ނުލިބިގެން

ރާއްޖެއިން ފަރުވާ ދެވެން ނެތް ބަޔަކު ބޭރަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އާސަންދައިން ބުނެފައިވާއިރު އެމީހުން ބޭރަށް ނުގެންދެވި ލަސްވަނީ ގައުމުތަކުން ހުއްދަ ނުލިބިގެން ކަމަށް ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

ކުރިން އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގް ވިދާޅުވި ގޮތުގައި ރާއްޖެއިން ދެވެން ނެތް ފަރުވާ ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. 

އޭގެ ފަހުން މިހާރު 18 ވަރަކަށް ދުވަސްވެފައިވާއިރު އަދިވެސް އެމީހުން ބޭރަށް ފޮނުވިފައެއް ނުވެ އެވެ. އެކަމާއި ގުޅިގެން ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އެމީހުން ބޭރަށް ނުފޮނުވި ލަސްތައް ވަނީ ބޭރު ގައުމުތަކުން ހޯދަން ޖެހޭ ހުއްދަތައް ނުލިބޭތީ ކަމަށާއި އަދި ހުއްދަ ލިބުނުހާ އަވަހަކަށް އެމީހުން ފޮނުވުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. 

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު ކުރިން ވިދާޅުވި ގޮތުގައި، ރާއްޖެއިން ބޭރަށް ސިއްހީ ފަރުވާ ހޯދުމުގެ ގޮތުން ފޮނުވުމަށް ހަމަޖެހިފައި ވަނީ ރާއްޖެއިން ލިބެން ނެތް ބައެއް ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނެވެ. އެގޮތުން، ރޭޑިއޭޝަން އަދި ބޮޑެތި ސާޖަރީތައް ހަދަން ދާން ޖެހެނީ ރާއްޖެއިން ބޭރަށް ކަމުން އެފަދަ ބަލި މީހުން އެ 33 މީހުންގެ ތެރޭގައި ހިމެނޭ ކަމަށް މަރިޔަމް ވިދާޅުވެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!