މާފުށީ ޖަލަށް ވައްދަން އުޅުނު 3 އިންޗިގެ ފޯނެއް އަތުލައިގެންފި

ކ. މާފުށީ ޖަލަށް ވައްދަން އުޅުނު ތިން އިންޗިގެ ފޯނެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަތުލައިގެންފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ކުރެއްވި ޓުވީޓެއްގައި މިއަދު ވިދާޅުވީ ޓެކްނޮލަޖީގެ އާ ވަސީލަތްތަކާ އެކުގައި ފޯނުތައް ކުދިވާން ފަށާފައިވާ ކަމަށެވެ. އެގޮތުން ރޭ އަތުލައިގަތް މޯބައިލް ފޯނުގެ ބޮޑުމިނުގައި ހުރީ އެންމެ ތިން އިންޗި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކުޑަ ފޯނުގެ ފޮޓޯ އާއިއެކު ކޮށްފައިވާ ޓްވީޓްގައި އަހުމަދު މުހައްމަދު ކުރެއްވި ޓުވީޓުގައި އެ ފޯނު އޮތީ ބޭސް ފޮއްޓެއްގެ ތެރޭގައެވެ.

މީގެ އިތުރުން މިދިޔަ ދުވަސްތަކުގައި އެކަންކަން ހުއްޓުވަން ކާމިޔާބު އޮޕަރޭޝަންތަކެއް ކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!