ސިޔާސީ ޙަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް ބާއްވާ އިހްތިޖާޖުތައް ފެށުމަށް ދަނީ ތައްޔާރުވަމުން: އިދިކޮޅު

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ބާއްވާ އިހްތިޖާޖުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޕްރޮގްރެސް ކޮންގްރެސްއިން ބުނެފިއެވެ.

އިހްތިޖާޖުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ކޯލިޝަނުން ހާމަކޮށްފައިވަނީ އަތޮޅުތަކުގެ ބައްދަލުވުންތައް ފަށައި ހއ. އަތޮޅުގެ ރަށްރަށުގައި ޕީޕީއެމް އަދި ޕީއެންސީގައި އިސްކޮށް މަސައްކަތްކުރާ މަންދޫބުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިބައްދަލުވުމުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ލީޑަރޝިޕްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަތޮޅުތަކުގެ ބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުން ކުރިއަށް ގެންގޮސް, މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ކޯލިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި، ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުންނެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނެވެ.

އިދިކޮޅު ޕާޓީއެއްގެ ޙައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުންވަނީ ދީފައެވެ. އަދި ޕާޓީގެ ލީޑަރޝިޕުން މަޝްވަރާކޮށްފައިވާ ކަންތައްތައް ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަންވެސް ހާމަކުރިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!