ފެން ބިލު ދައްކަން ލުއިދޭ މުއްދަތު އަންނަ އަހަރަށް ދަންމާލައިފި

ފެން ބިލް ދެއްކުމުގައި ބައެއް ފަރާތްތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައި ދޭން ފެންކުން ފުނިން ފެށި “ދަރަންޏަށް ލުޔެއް” ޕްރޮގްރާމްގެ މުއްދަތު އަންނަ އަހަރަށް ދަމާލައިފި އެވެ.

އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ފެނާއި ނަރުދަމާގެ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ އެކުންފުނީގެ އަމާޒަކަށްވާއިރު ބިލު ދެއްކުމުގައިވެސް ކަސްޓަމަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ.

އެގޮތުން ބިލަށް ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް އެހީތެރިވުމަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ހާއްސަ ޕްރޮގްރާމެއް ފަށާފައިވާކަމަށާއި ކޮވިޑްގެ ފުރަބަންދާ ގުޅިގެން އެ ޕްރޮގްރާމު ބޭނުންކުރާ ކަސްޓަމަރުން މަދުކަމަށް އެމްޑަބްލިއުއެސްސީން ފާހަގަކުރެއެވެ. އެހެންކަމުން “ދަރަންޏަށް ލުއި“ ޕްރޮގްރާމުގައި ބައިވެރި ވުމުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ.

އަދި ބުނީ އެގޮތް މެދުވެރިވެފައި ވުމުން އެ ޕްރޮގްރާމްގެ މުއްދަތު އަންނަ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހާއި ހަމަޔަށް އިތުރު ކޮށްފައިވާ ކަމަށެވެ.

މި މުއްދަތުގެ ކުރިން ބިލަށް ދައްކާ ފައިސާގެ ނިސްބަތުން ޖޫރިމަނާ އަށް ވާ ފައިސާ އުނި ކުރާނެ އެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ބިލަށް ދައްކާ ފައިސާ އެއްފަހަރާ ދެއްކުމަށް ދަތިވާނަމަ މަހުން މަހަށް ބަހާލައި ފަސޭހަ ގޮތަކަށް އެ ފައިސާ ދައްކާ ހަލާސް ކޮށްގެން ޖޫރިމަނާ މައާފު ކުރެވޭނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!