މޭ މަހު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓު ވެސް ދަށަށް

މިދިޔަ މޭ މަހު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓު ވެސް ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިމްޕޯޓްގެ އިތުރުން ރާއްޖެއިން ބޭރުކުރި މުދާ ނުވަތަ އެކްސްޕޯޓް ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ މެއި މަހާއި އަޅައި ބަލާއިރު މިދިޔަ މެއި މަހު އެކްސްޕޯޓް ވަނީ 73 އިންސައްތަ ދަށަށް ގޮސްފައެވެ.

ކަސްޓަމްސް އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެ އަށް އިމްޕޯޓް ކުރި މުދަލާއި އެކްސްޕޯޓް ކުރި މުދަލުގެ އަދަދު މަދުވުމުން ކަސްޓަމްސް އަށް ލިބުނު އާމްދަނީ ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އިމްޕޯޓް އަދި އެކްސްޕޯޓް އާމްދަނީގެ ގޮތުގައި ކަސްޓަމްސް އަށް މެއި މަހު ލިބިފައި ވަނީ 117 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 59 އިންސައްތައިގެ ދަށްވުމެކެވެ.

ރާއްޖެ އިން މެއި މަހު އެންމެ ގިނަ މުދާ އިމްޕޯޓް ކޮށްފައި ވަނީ އިންޑިއާ އިންނެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މޭމަހު އިންޑިއާއިން ރާއްޖެއަށް 262 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. މިއީ މެއި މަހު އިމްޕޯޓްކުރި މުދަލުގެ 17 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޗައިނާއިންނެވެ. އިމްޕޯޓްގެ 16 އިންސައްތަ ޗައިނާއިން އެތެރެކޮށްފައިވާއިރު، އެއީ 245 މިލިއަން ރުފިޔާގެ މުދަލެވެ. 3 ވަނައަށް އެންމެ ގިނައިން މުދާ އިމްޕޯޓް ވަނީ ސިންގަޕޫރުންނެވެ. އެއީ 177 މިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ މަހު ވެސް ރާއްޖެ އިން އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައި ވަނީ މަހުގެ ބާބަތްތަކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!