ތަކުރު ވޯސްްގެ ނަމުގައި ދިރާގާއި އާސިލްސް އިން ގޭމެއް ނެރެފި

ރާއްޖޭގައި ފުރަތަމަ އުފެދުނު މަލްޓި ޕްލެޔާ ގޭމް ދިރާގުން އާއްމުކޮއްފިއެވެ.

” ތަކުރު ވޯސް” ގެ ނަމުގައި ތައާރަފުކުރި މިގޭމަކީ ދިވެހި މާހައުލާއި އާދަކާދަ ދައްކުވައިދޭގޮތަށް ފަރުމާކޮއްފައިވާ ގޭމެކެވެ.ތާރީޙީ ކަންތަށްތަކަކާއި ސަޤާފަތްވެސް ފެނިގެންދާ މިގޭމުގައި ދިވެހި ފަހުލަވާނުން އުޅޭނެ ކަމަށާއި އެމީހުން ބޭނުންގޮތަކަށް ކަސްޓަމައިޒްކުރެވޭނެ ކަމަށްބުނެއެވެ. ތަފާތު ހަތިޔާރުތަށް ބޭނުންކޮއްގެން އެހެން ކުޅުންތެރިންނާއި ވާދަކޮށް ގޭމުގެ ލީޑަބޯޑުގެކުރިއަށް އެރެއެވެ.

މިގޭމު މިހާރު ޕްލޭ ސްޓޯރު އަދި އެޕް ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.

މިއީ ދިރާގުން ރާއްޖެގެ ގޭމް ޑިވެލޮޕާއެއް ކަމަށްވާ “އާސިލްސް” އާއި ގުޅިގެން ކޮއްފައިވާ މަސައްކަތެކެވެ. އާސިލްސްގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ޝާފިއު ވިދާޅުވީ ، ދިވެހި ގޭމެއް އުފެއްދުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

މިއީ މުނިފޫހިފިލުވުމަށާއި ރައްޓެހިންނާއި ދުރުގައި ތިއްބަސް އެކުގައި ކުޅެލެވޭނެ ގޭމެއްކަން ފާހަގަކުރަމުން ދިރާގުގެ މެނޭޖަރ ބިސްނަސް ޑިވެލޮޕްމަންޓް އަހުމަދު ޝިނާއު އަބްދުލް ގާދިރު ބުނެފައިވަނީ އެކުންފުނިން މަސައްކަތްކުރަނީ ޒަމާނީ ވަސީލަތްތަށް މެދުވެރިކޮށް އެކަކު އަނެއްކަކާ ގުޅުވައިދިނުމަށްކަމަށެވެ.

 1. ގޭމް ފަރުމާކުރީ އާސިލްސްއިން ދިރާގަކުން ނޫން

  1
  0
 2. ވަރައްދެރަ މައްސަލަ އެއް!
  މި ގޭމް އަކީ އާކިލްސްގެ އުފެއްދުމެއް

  1
  0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!